ލަންކާއާއެކު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު މުހިންމު ފަހުމުނާމާތައް ބަދަލުކުރެއްވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ބައިވެރިވެވަޑައިގަންނަވައިފިއެވެ. ސްރީލަންކާގެ ކޮލޮންބޯގައި ހުންނަ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާ ގުޅުންހުރި ހަތް ފަހުމުނާމާއެއް، ދެ ޤައުމުން ވަނީ ބަދަލުކުރައްވާފައެވެ. މިއަދުގެ ރަސްމިއްޔާތުގައި، ޒުވާނުން ތަރައްޤީކުރުމާއި، އަރުޝީފުކުރުމުގެ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި، ހައްދުފަހަނައަޅައިދިޔުން ހުއްޓުވުމާއި، ޞިއްޙީ އަދި ދިފާޢީ ދާއިރާގެ ދިރާސީ […]

ާލަންކާ ރައީސާއެކު ބޭއްވި ރަސްމީ ވާހަކަތައް ކާމިޔާބު: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއާއެކު ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމަށްފަހު ނޫސްބަޔާން އިއްވަވައިފިއެވެ. އެމަނިކުފާނު މި ބަޔާން އިއްވެވީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ އެޤައުމުގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި މިއަދު ހެނދުނުއެވެ. ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ފަށްޓަވަމުން، ކޮލަމްބޯގައި ހުންނެވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ޝަރަފެއްކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނާއި އެމަނިކުފާނުގެ ވަފުދަށް ވިދާޅުވި ހޫނު މަރުޙަބާއާއި އަދާކުރެއްވި މެހެމާންދާރީއަށްޓަކައި، ސްރީލަންކާގެ […]

ގަސް އިންދުމުގެ ޙަރަކާތުގައި ރައީސް

ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަނދާނީ ގަސް އިންދުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައިވެރިވެވަޑައިގެންފިއެވެ. ކޮލަމްބޯގެ ވިހާރަ މަހާ ދޭވީ ޕާކްގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ސްރީލަންކާގެ ރައީސް، ހިޒް އެކްސެލެންސީ އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ. މި ރަސްމިއްޔާތުގައި ދެ ބޭފުޅުން އިންދަވާފައިވަނީ “ހޯސްފީލްޑިއާ އިރީއޫގެޑީ“ ނަމަކަށް ކިޔާ ގަހެކެވެ. މި ގަހަކީ ސްރީލަންކާއަށް ޚާއްޞަ އަދި ނެތިދިއުމުގެ […]

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މިމަހުގެ 6 ވާ ބުދަ ދުވަހު ހުޅުއްވައިލައްވައި، އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާނެއެވެ. އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން ހުޅުއްވައިލައްވާނީ، އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އިނާމަށް މިއަހަރު ނަން ހުށަހެޅޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ”ފޯމު ހުށަހެޅުން“ މި ޕޯޓަލް މެދުވެރިކޮށްގެންނެވެ. ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި […]

ގުގުރާނޭ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބާރަށް ގުގުރާނޭ ކަމަށް ލަފާކޮށް މެޓު އޮފީހުން ރީނދޫ ސަމާލު ނެރެފިއެވެ. މި ސަމާކު ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން ވ. އަތޮޅަށެވެ. ސަމާލު ނެރެފައިވަނީ ހެނދުނު 9:10 އިން މެންދުރުފަހު 1:00 އަށެވެ.          

ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް، އެމް.ޕީ، ވިޖިތަ ހޭރަތު، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް 60 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަކީ އެއްގޮތް އުސޫލުތަކާއި، ބަދަހި ގުޅުމުގެ […]

އުތީމު ދަރިކޮޅު

އުތީމު ދަރިކޮޅަކީ ދިވެހިރާއްޖޭގައި ހަތަރުވަނައަށް ރަސްކަންކުރެއްވި ދަރިކޮޅެވެ. މި ދަރިކޮޅުގެ ކުރިން ރަސްކަން ކުރެއްވީ ހިލާލީ ދަރިކޮޅެވެ. އުތީމު ދަރިކޮޅުގެ ބާނީއަކީ ދިވެހި ޤައުމީ ބަޠަލު، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނެވެ. މިއީ މަޝްހޫރު ބޮޑު ތަކުރުފާނެވެ. އުތީމު މަހާރަދުންނެވެ. އުތީމު ދަރިކޮޅަކީ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ޚިދުމަތްތެރި އަދި އެންމެ ޝަރަފުވެރި އެއް ދަރިކޮޅެވެ. މި ދަރިކޮޅަކީ ދިވެހިރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަޅުވެތިކަމުން (ޕޯޗުގީޒުންގެ އަތްދަށުން) ދިވެހިރާއްޖެ މިނިވަންކޮށްދެއްވި […]

މަޝްވަރާތަކަށް ކުރިއެރުން ލިބެންއޮތީ އެމެރިކާ އިޚްލާސްތެރި ކަމުގެ މައްޗަށް: ސަފީރު

ތެހެރާނާއި ވޮޝިންޓަނާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ އެމެރިކާ އިން އަމަލު ކުރާ ގޮތް ބަދަލުކުރުމުގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށް އީރާނުން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރޭޒާ އަމީރީ މުގައްދާމް ވިދާޅުވެއްޖެއެވެ. އިސްލާމްއާބާދުގައި އައިއާރްއެންއޭ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އަމީރީ މުގައްދާމް ވިދާޅުވީ އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތައް ހުއްޓުވުމަށް އީރާނުން ވަނީ ވަރަށް ބޮޑު ޕްލޭނެއް ހުށަހަޅާފައި ކަމަށެވެ. އެހެންނަމަވެސް، އެއިން ކުރިއެރުމެއް ލިބެންއޮތީ އެމެރިކާގެ އިޚްލާޞްތެރިކަމާއި، ތެދުވެރި ޑިޕްލޮމެޓިކް މަސައްކަތުގެ […]

ނުގޮވާހުރި ހަތިޔާރުތަކެއް ގޮވައި ސާދަ މެމްބަރަކު ޝަހީދު ވެއްޖެ

އީރާނުގެ ހުޅަނގު އުތުރުގެ ޒަންޖަން ޕްރޮވިންސްގައި ދާދި ފަހުން ހިންގި ”ކްލިއަރެންސް އޮޕަރޭޝަނެއް“ ގައި އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރުޖީސީ)ގެ 14 ސިފައިން ޝަހީދު ވެއްޖެއެވެ. އެ މީހުން ޝަހީދުވީ ހަނގުރާމައިގައި އެމެރިކާ-އީރާނުން ބޭނުންކޮށްފައިވާ ހަތިޔާރުތަކުގެތެރެއިން  ނުގޮވައިހުރި ހަތިޔާރު ނައްތާލަން އުޅުމުގެތެރޭގައި ކަމަށް އިރްނާއިން ބުނެފައިވެއެވެ. ޒަންޖަން އައިއާރުޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ސާދަ މީހަކު ޝަހީދުވުމުގެ އިތުރުން ދެ މީހަކަށްވަނީ އަނިޔާވެފައި ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. […]

ކަރާޖުގެ ހަލާކުވެފައިވާ ބުރިޖަށް ބޭރުގެ ނޫސްވެރިން ޒިޔާރަތް ކޮށްފި

ކަރާޖުގެ ހަލާކުވެފައިވާ ބީ1 ބުރިޖަށް ބޭރުގެ ނޫސްވެރިންނާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުން ޒިޔާރަތް ކޮށްފި ކަމަށް އިސްލާމިކް ރިޕްބަލިކް ނިއުސް އެޖެންސީން ބުނެފިއެވެ. ބޭރުގެ ނޫސްވެރިންނާއި ސޯޝަލްމީޑިއާ އެކްޓިވިސްޓުން އެބުރިޖަށް ޒިޔާރަތް ކޮށްފައިވަނީ މެއި މަހު ދެވަނަ ދުވަހުއެވެ. މިއީ އިޒްރޭލުން ބޮން އެޅުމުން ހަލާކުވެފައިވާ ބްރިޖެކެވެ. މި ޒިޔާރަތުގައި ނޫސްވެރީންގެ ގްރޫޕުން ވަނީ އެތަނަށް ލިބިފައިވާ ގެއްލުންތައް ބަލައި ދިރާސާ ކޮށްފައެވެ. ނޫސްވެރިންގެ މި ގްރޫޕުގައި އެމެރިކާ، ރަޝިޔާ، ލުބުނާން، އަލްޖީރިއާ އަދި އެހެނިހެން ގައުމުތަކުގެ […]