ސުއޭޒް ކެނެލާއި، އިނގިރޭސި ދިދައަށް އިރުއޮއްސުން

1956 ވަނަ އަހަރު އިނގިރޭސިވިލާތުން، ސުއޭޒް ކެނަލް އަނބުރާ އަތުލުމަށް ނިންމިއެވެ. އެކަމުގައި، އިނގިރޭސިން އެމެރިކާގެ ހުއްދައަކަށް ނޭދެއެވެ. އޭރު އިނގިރޭސިންނަކީ މުޅި ދުނިޔެ އިސްތިޢުމާރުކޮށްގެން ތިބި ދުނިޔޭގެ ސްޕަރ ޕަވަރެވެ. ބުނެވޭގޮތުގައި އޭރު، އިނގިރޭސި ދިދައަކަށް އިރެއް ނުއޮއްސެއެވެ. އެކަމަކު، ސުއޭޒް ކެނަލް އަތުލުމަށް ނިންމި ނިންމުމަކީ އިނގިރޭސިންނަށް ހެދުނު އެންމެބޮޑު އެއް ގޯހެވެ. އަދި، އެއީ އިނގިރޭސިންނަށް ގޯސް ހެދުނު އެންމެ ފަހު ފަހަރުވެސް މެއެވެ. މިސްރުގެ ރައީސް ޖަމާލު ޢަބުދުއް ނާސިރު ވަނީ، […]

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ނުވަ މީހަކު ބަންދުކޮށްފި

މިހިނގާ 2026 ވަނައަހަރު މެއި 13 ވަނަ ދުވަހުގެރޭ މާލޭގައި ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއިން، ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި 9 މީހަކު ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ބަންދުކުރި މީހުގެ ތެރޭގައި ހިމެނެނީ ހަތް ފިރިހެނަކާއި، ދެ އަންހެނުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހުން ބަންދު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ދެ އަންހެނުން ހިމެނޭހެން ހަ މީހަކު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. […]

ބަދަލު ގެންނަން ކައުންސިލްތަކުގެ އެއްބާރުލުން ބޭނުން: ފައްޔާޒު

މިވަގުތަކީ ރާއްޖެއަށް މުހިއްމު ބަދަލުތަކެއް ގެންނާންޖެހިފައިވާ ވަގުތެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މިއަދު ހުވާ ކުރެއްވުމަށް ފަހު މަގާމުތަކާ ހަވާލުވެވަޑައިގެންނެވި ހުރިހާ މޭޔަރުންނާއި، ކައުންސިލަރުން އަދި ޑަބްލިއު.ޑީ.ސީ މެންބަރުންނަށް މަރުހަބާ ދެންނެވުމުގޮތުން އެކަސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ މިއީ ”ރައްޔިތުންގެ ފުދުންތެރިކަން އެތައް ގުނައަކުން އިތުރު ކުރާން ޖެހިފައިވާ ވަގުތެއް. މުޅި ދައުލަތުގެ އޮނިގަނޑަށާއި ހިންގުމަށް އައު ވިސްނުންތަކެއް ގެންނާން ޖެހިފައިވާ ވަގުތެއް،“ ކަމަށެވެ. މިކަންކަން ހާސިލުކުރުމަށް އެންމެހައި ކައުންސިލަރުންނާއި […]