ޝައްދާދު ބިން ޢާދުގެ ސުވަރުގެ!

10 ވަނަ ޤަރުނުގެ ތެރޭގައި، ބަދަވީންގެ މީހަކު، އޭނާގެ ޖަމަލު ގެއްލިގެން، އެ ޖަމަލު ހޯދުމަށްޓަކާ ސަހަރާގެ ތެރެއަށް ނުކުމެ އުޅުނެވެ. އެކަމަކު، ޖަމަލުގެ ބަދަލުގައި އޭނައަށް ފެނުނު އަގުބޮޑު ތަނަކީ، އެތަނެއް ހޯދުމަށްޓަކާ އެތައް ޤަރުނެއް ވަންދެން މީހުން މަސައްކަތް ކުރަމުން އައި ތަނެކެވެ. ރަނުގެ ގަނޑުވަރުތަކާއި، ރިހީގެ ފާރުތަކާއި، ޖަވާހިރާއި، ޔާޤޫތާއި، އަލިމަހާއި، ޒަބަރުޖުދާއި، އަދި އަގުބޮޑު ގަހަނާއިން ފުރާލެވިފައިވާ މަގުތަކާއި، ގޯޅިތައް ހިމެނޭ ސަހަރެކެވެ. އެ ސަހަރުގައި، އެއްވެސް އިންސާނަކު ނޫޅެއެވެ. އެއްވެސް […]
ގައުމުގެ ހައްގުގައި އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ނަޝީދު ގެންނަން ޖެހޭ: ސައްޕެ

ގައުމާއި ރައްޔިތުންގެ ހައްގުގައި އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ރައީސް މުހައްމަދު ނަޝީދު ގެންނަން ޖެހޭ ކަމަށް އެމްޑީޕީގެ ފައުންޑަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. ”މިވަގުތަކީ އެމްޑީޕީ މެންބަރުން ފުންކޮށް ވިސްނަންވީ ވަގުތެއް! ޤައުމާއި ރައްޔިތުންގެ ޙައްޤުގައި މިވަގުތު އެމްޑީޕީ ޗެއަރޕާސަން ކަމަށް ރައީސް ނަޝީދު ގެންނަންޖެހޭ،“ އޭނާ ވިދާޅުވެފައި ވެއެވެ. ސައްޕެ ވިދާޅުވެފައިވަނީ ކަން ކުރެވޭނީ ކަންކުރެވޭވަރުގެ ހިތްވަރާއިފަންވަރު ހުރި މީހަކަށް ކަމަށެވެ. އަދި ހިކުމަތާއި ތަޖުރިބާ ހުރި މީހަކަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ. […]
