އެމްޑީޕީ ވަންތަކަން މަތިއުތުރު ޕްރޮވިންސްގައި ތަންފީޒު ކުރުމަށް އީސާ

ނ. ކެނދިކުޅުދޫ އަޙްމަދު އީސާގެ ނަން އަޑުއިވުމާއެކު ފުރަތަމަ ވެސް ހަނދާނަށް އަންނަނީ އެމްޑީޕީއެވެ. އެމްޑީޕީއާއި އީސައާ ގުޅުންބޮޑުކަމުންނެވެ. އީސައަކީ އެމްޑީޕީ ވުޖޫދުވީއްސުރެން ދެގޮތެއްނުވެ އެޕާޓީގައި ހުންނެވި ވަރުގަދަ ލީޑަރެކެވެ. އޭނާ ވަނީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކެނދިކޮޅުދޫ ދާއިރާއިގެ ރައްޔިތުންގެ މަޖިލީސްގޮނޑި ދެފަހަރެއްގެ މަތީން ކާމިޔާބުކޮށް 10 އަހަރު މަޖިލީހުގައި މަސައްކަތް ކުރައްވައިފައެވެ. މީގެ އިތުރުން އޭނާ ވަނީ ދެ ފަހަރެއްގެ މަތީން އެމްޑީޕީގެ ކެނދިކުޅުދޫ ދާއިރާގެ ރައީސްކަން ކޮށްފައެވެ. އީސައަކީ ފެށުނީއްސުރެން އެމްޑީޕީގެ އެޑުވައިޒަރީ […]
ތިނަދޫން އަދިވެސް ފެންނަނީ އެމްޑީޕީވަންތަ ކަމުގެ ހިތްވަރު: ސައްޕެ

ގދ. ތިނަދު އަކީ އެމްޑީޕީ އުފައްދައި ވުޖޫދުކުރުމުގައި ހިއްވަރާ ޖޯޝާއެކު އާދަޔާޚިލާފު ޙަރަކާތްތަކެއް ފެނިގެންދިޔަ ރަށެއް ކަމަށް އެމްޑީޕީގެ ފައުންޑަރ މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. ސައްޕެ ވިދާޅުވީ އެ ހިތްވަރާއި ޖޯޝު އަދިވެސް އެއްވެސް ފަނޑުވުމެއްނައިސް އެގޮތުގައި އެރަށުން ފެންނަމުންދާ ކަމަށެވެ. އެކަމަށްޓަކައި ޝުކުރުވެރިކަމާއެކު ތިނަދޫ ރައްޔިތުންނަށް ހިތްވަރު ދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ”ކަމެއް ހާސިލްވަނީ އެއް ހިތްވަރެއްގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެގެން. ތިނަދޫ ރައްޔިތުން އެތިބީ އެގޮތުގައި. ތިނަދޫގެ […]
