އަލްޕު އަރުސަލާންއާއި، ރޫމީ ރަސްގެފާނު މައިކަލް!

އަލްޕް އަރުސަލާންގެ ފުރިހަމަ ނަންފުޅަކީ މުޙައްމަދު އަލްޕް އަރުސްލާން ބިން ދާއޫދު ޖުޣުރީއެވެ. އެއީ ސަލްޖޫޤީ ދައުލަތުގެ ދެވަނަ ރަސްގެފާނެވެ. އޭނާއަކީ ސަލްޖޫޤީ ސުލާލަތާއި، ސަލްޖޫޤީ އަމްބަރާޠޫރިއްޔަތުގެ ނަން، އެފަރާތަކަށް ނިސްބަތްވާ، ސަލްޖޫޤީ ދައުލަތުގެ ބާނީ ސަލްޖޫޤުގެ ކާފަދަރިކަލެކެވެ. އޭނާގެ ރަސްކަން 1063 ވަނަ އަހަރުން ފެށިގެން 1072 ވަނަ އަހަރު އަވަހާރަކޮށްލުމާ ހަމައަށް ދެމިއޮތެވެ. އަލްޕް އަރުސަލާން ވަނީ ދެކުނާއި، އިރުމައްޗާއި، ހުޅަނގު އުތުރުގެ ވާދަވެރިން ބަލިކުރައްވައި، ސަލްޖޫޤީ ދައުލަތް ވަރަށް ބޮޑަށް ފުޅާކުރައްވައި، އޭނާގެ […]
