ފަލަސްޠީނުގެ ނޫސްވެރިއެއް، އިޒުރޭލުގެ ޖަލުގައި ހުރެ، ޤުރުއާން ހިތުދަސްކޮށްފި

އިޒުރޭލުގެ ޖަލެއްގައި ބަންދުކޮށްފައިވާ ފަލަސްޠީނުގެ ނޫސްވެރިޔާ ބުޝްރާ ޠަވީލް ކީރިތި ޤުރުއާން އެއްކޮށް ހިތުދަސްކޮށްފިއެވެ. ޖަލުގެ ތޭރިތައްވެސް ދަލީލުކޮށްދެނީ އީމާންކަމަކީ ޤައިދުކުރެވޭނޭ އެއްޗެއް ނޫންކަމެވެ. ފަލަސްޠީނުގެ ނޫސްވެރިޔާ ބުޝްރާ ތަވީލް އިޒުރޭލުގެ ޖަލު ބަންދުގައި ހުރެ، ކީރިތި ޤުރުއާން އެއްކޮށް ހިތުދަސްކުރި ކަމަށް ބުނާ ރިޕޯޓްތައް ފެންމަތިވުމާއެކު، އެ ބާރުގަދަ ވާހަކައިގައި ޝާމިލުވާ ބުޝްރާ ޠަވީލުގެ ސަބަބުން، އިޖުތިމާޢީ މަންސަތަކުގައި އެތައް ބައެއްގެ ހިތްތަކަށް އަސަރު ކުރުވައިފިއެވެ. ދައުރުވަމުން އަންނަ ރިޕޯޓްތަކާއި، އޮންލައިންކޮށް ދެކެވޭ ވާހަކަތަކަށް ބަލާއިރު، […]
ޞަލާޙުއްދީނުލް އައްޔޫބީގެ އޯގާތެރިކަން

1183 ވަނަ އަހަރު، އުރުދުންގެ ކަރަކް ކިއްލާ ފަތަޙަ ކުރެއްވުމަށްޓަކާ ޙަމަލާ ދެއްވަމުން ދަނިކޮށް، ހަމަ އެ ކިއްލާގެ ތެރޭގައި ކައިވެނީގެ ރަސްމިއްޔާތެއް ހިނގަމުންދާ ކަން، ޞަލާޙުއްދީނުލް އައްޔޫބީއަށް އެނގިވަޑައިގަތެވެ. ކައިވެނީގެ ޢަރޫސަކީ، ރަސްގެފާނު ބޯލްޑަވިން 4 ގެ، އެއްބަފާ ކޮއްކޯފުޅު، ޤުދުސްގެ އިޒަބެލް ކަމަށާއި، އަދި ޢަރީސަކީ ޓޯރޮންގެ ހަމްފްރީ 4 ވަނަ ކަމަށް ވެސް މަޢުލޫމާތު ލިބިވަޑައިގަތެވެ. އެއާއެކު، އެ ރަސްމިއްޔާތު ބާއްވަމުން ދިޔަ ޓަވަރަށް ޙަމަލާ ދިނުން ވަގުތުން ހުއްޓާލުމަށް، ޞަލާޙުދީނުލް އައްޔޫބީ، […]
