އިޒުރޭލުގެ ޖަލެއްގައި ބަންދުކޮށްފައިވާ ފަލަސްޠީނުގެ ނޫސްވެރިޔާ ބުޝްރާ ޠަވީލް ކީރިތި ޤުރުއާން އެއްކޮށް ހިތުދަސްކޮށްފިއެވެ. ޖަލުގެ ތޭރިތައްވެސް ދަލީލުކޮށްދެނީ އީމާންކަމަކީ ޤައިދުކުރެވޭނޭ އެއްޗެއް ނޫންކަމެވެ.
ފަލަސްޠީނުގެ ނޫސްވެރިޔާ ބުޝްރާ ތަވީލް އިޒުރޭލުގެ ޖަލު ބަންދުގައި ހުރެ، ކީރިތި ޤުރުއާން އެއްކޮށް ހިތުދަސްކުރި ކަމަށް ބުނާ ރިޕޯޓްތައް ފެންމަތިވުމާއެކު، އެ ބާރުގަދަ ވާހަކައިގައި ޝާމިލުވާ ބުޝްރާ ޠަވީލުގެ ސަބަބުން، އިޖުތިމާޢީ މަންސަތަކުގައި އެތައް ބައެއްގެ ހިތްތަކަށް އަސަރު ކުރުވައިފިއެވެ.
ދައުރުވަމުން އަންނަ ރިޕޯޓްތަކާއި، އޮންލައިންކޮށް ދެކެވޭ ވާހަކަތަކަށް ބަލާއިރު، ބުޝްރާ ޠަވީލް ޖަލު ބަންދުގެ ހިތްދަތި، އުނދަގޫ ޙާލަތުގައި ހޭދަކުރަންޖެހޭ ވަގުތު، އޭނާ ބޭނުންކުރީ ކީރިތި ޤުރުއާން ހިތުދަސްކޮށްގެން الله އާއި ގުޅުން ބަދަހިކުރުމަށެވެ.
ވަރުގަދަ ޝުޢޫރެއް އުފައްދައިދޭ މި ވާހަކަ ވަނީ މުސްލިމް ޖަމާޢަތްތަކުގެ މެދުގައި ވިރަވިވެފައެވެ. ގިނަ ބަޔަކު ވަނީ ދަތި އުނދަގޫ ވަގުތުތަކުގައި، އޭނާގެ ކެތްތެރިކަމާއި، އީމާންތެރިކަމާއި، އަދި ޢަޒުމަށް ތަޢުރީފު ކޮށްފައެވެ. އެއްބަޔަކު ސިފަކުރި ގޮތުގައި، އޭނާގެ ދަތުރަކީ އެންމެ އަނދިރި ޙާލަތްތަކުގައި ވެސް ރޫޙާނީ ބާރާއި، ކެތްތެރިކަމާއި، ވިލުންތެރިކަމާއި، ޤުރުއާނުގެ ބާރު ހަނދާންކޮށްދޭ ދަތުރެކެވެ.
އޭނާގެ އިޚުލާސްތެރިކަމާއި، ހިއްމަތްތެރިކަމަށް ތަޢުރީފުގެ މެސެޖުތަކާއި، ޖަޒުބާތީ ރައްދުޢަމަލުތަކާއި، ހެޔޮ ދުޢާއާއިން އިޖުތިމާޢީ މަންސަތައް ވަނީ ބަންޑުން ކޮށްލާފައެވެ.
ބުޝްރާ ޠަވީލުގެ މަސައްކަތުގައި ބަރަކާތްލައްވައި، ޘަވާބާއި ހެޔޮޮ ދަރުމަ މިންވަރުކޮށް ދެއްވާށިއެވެ. އަދި، ފަލަސްޠީނާއި، ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި މަޒުލޫމުންނަށް ރައްކާތެރިކަން ދެއްވާށިއެވެ. އަދި، ކޮންމެ މުއުމިނެއްގެ ބާރުގެ މަޞްދަރަކީ ކީރިތި ޤުރުއާން ކަމުގައި ލައްވާށިއެވެ. އަމީން!






