ޤައްޒާފީއާއި، މަސައްކަތްތެރިން!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
މެއި 21, 2026

ލީބިޔާއަކީ އާންމުކޮށް ވަރަށް ހޫނު ގަދަ ޤައުމެކެވެ. ހޫނު މޫސުމުގައި ބައެއް ފަހަރު ހޫނުމިން އާދަޔާ ޚިލާފަށް މަތިވުމަކީ ލީބިޔާގައި އާންމު ކަމެކެވެ. އެއްފަހަރަކު، ވަރަށް ހޫނު ގަދަ ދުވަހެއްގައި ލީބިޔާގެ ޒަޢީމު ކާރނަލް މުޢައްމަރުލް ޤައްޒާފީ، ވެރިރަށް ޓްރިޕޮލީގެ ކައިރީގައި އޮންނަ ކުޑަ އަވަށަކަށް ވަޑައިގެންނެވިއެވެ. ޤައްޒާފީ ވަޑައިގެންނެވި މަގުމަތީގައި ރަތްދަކައަވީގައި މަގެއް ހަދަން ތިބި މަސައްކަތްތެރިންތަކެއް ފެނިވަޑައިގަތެވެ.

ޤައްޒާފީ އެތަނަށް ކާރު މަޑުކޮށް ލައްވާފައި ފައިބާވަޑައިގެން، މަސައްކަތްތެރިއެއް ގާތަށް ވަޑައިގެން ވިދާޅުވިއެވެ. ”މިހާ ގަދަ ހޫނުގައި، އަވީގައި މަސައްކަތް ކުރާއިރު އެއްވެސް ވަރެއްގެ ތަކުލީފެއް އިޙުސާސް ނުކުރެވޭ ހެއްޔެވެ؟“

މަސައްކަތްތެރިޔާ ހިނިތުންވެލަމުން ދެންނެވިއެވެ. ”ޒަޢީމެވެ! މަނިކުފާނު ވަނީ، އަޅުގަނޑުމެންނަށްޓަކާ ރަނގަޅު ޤައުމެއް ބިނާކުރައްވާފައެވެ. އެފަދަ ޤައުމަކަށް ޚިދުމަތް ކުރުމުގައި، އަޅުގަނޑުމެންނަށް އެއްވެސް ތަކުލީފެއް އިޙުސާސެއް ނުކުރެވެއެވެ.“

އެ އަޑު އިވިވަޑައިގަތުމުން ބޭއިޚުތިޔާރުގައި، ޤައްޒާފީގެ ލޯފުޅުން ކަރުނަފޮދު އޮހޮރުނެވެ. ޤައްޒާފީ، އޭނާގެ ހަށިފާރަވެރިންނަށް މަޑުކުރުމަށް އެންގެވުމަށްފަހު، މަސައްކަތްތެރިންނާއެކު ބިންމަތީގައި އިރުކޮޅަކު އިށީނދެ ވަޑައިގެން އިންނަވައި، އެމީހުންގެ ޙާލު އަހުވާލު އޮޅުން ފިލުއްވުމަށްފަހު، އަމިއްލަ އަތްޕުޅުން، އެމީހުންނަށް ފިނިކޮށްފައި ހުރި ފެން ދެއްވިއެވެ.

އަދި އެއަށްފަހު ވިދާޅުވިއެވެ. ”އަހުރެންގެ ޤައުމުގެ އާންމު އާދައިގެ މީހާގެ ގައިން ދާ އޮހޮރެމުންދާހާ ހިނދަކު، އަހުރެންނަކީ ވެރިއެއްގެ ގޮތުގައި ނުދެކެމެވެ. އަހުރެން ދެކެނީ، އަހުރެންނަކީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައެވެ.“

އަދި، ހަމަ އެދުވަހު އަވީގައި މަސައްކަތްކުރާ މަސައްކަތްތެރިން ހިޔާކޮށްދީ، އަވިން ރައްކާތެރިކޮށްދޭނޭ ޓެންޓުތަކާއި، ކާނާއާއި، ބޯފެނާއި، އަދި އަރާމުކުރާނޭ ވަގުތު، މަސައްކަތްތެރިންނަށް ދިނުމަށް ކަނޑައަޅުއްވައި، އާންމު ކުރެއްވިއެވެ.

މި ހާދިސާއިން އެނގިގެންދަނީ ޤައްޒާފީއަކީ ހަމައެކަނި ވެރިއެއް ނޫން ކަމާއި، އަދި ކިއެއްތަ، ރައްޔިތުންގެ އިޙުސާސްތަކާއި، ތަކުލީފުތައް ދެނެވަޑައިގެންނެވި ހަރުދަނާ އިސްވާރެއް ކަމެވެ.

ޤައްޒާފީ ޤަބޫލުފުޅު ކުރައްވާ ގޮތުގައި، ޤައުމެއް ތަރައްޤީވެ ކުރިއަރައިގެން ދަނީ، އެ ޤައުމެއްގެ އާންމު އާދައިގެ ރައްޔިތުންނަށް އުފާވެރި، ޤަދަރުވެރި ދިރިއުޅުމެއް އުޅެވޭ ހިނދުގައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *