ނުޒޫގެ ގަލަމުން: ޖަޒުބާތަކީ ކޮބައި؟

ބަސް ފޮތް ބުނާގޮތުން ޖަޒުބާތަކީ ”ކުރިމަތިވާ ކަމަކާ ނުވަތަ ކުރެވޭ ތަޖުރިބާއަކާ ގުޅިގެން މީހެއްގެ ހިތުގައި ހިލިގަންނަ ލޯތްބާއި ނަފުރަތު ފަދަ ވަރުގަދަ އިހުސާސާއި ޝުޢޫރު،“ އެވެ. އިންސާނީ ދިރިއުޅުމަކީ ޖަޒުބާތާއި ޝުޢޫރާއި، ހަގީގަތުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. ގިނަފަހަރަށް ޖަޒުބާތަކީ ހަގީގަތެއް ނޫނެވެ. އެއީ އިހްސާސެކެވެ. އެއީ ވަހުމެކެވެ. އެހެންކަމުން ކާމިޔާބު ދިރިއުޅުމަކަށް ބޭނުންވަނީ ޖަޒުބާތަށްވުރެ ބޮޑަށް ޙަގީގަތެވެ. ޖަޒުބާތުގައި ޖެހިގެން ތިމާއަށް ނުކުރެވޭނޭ އެތައްކަމަކާ ދިމާއަށް ހިތްދޫކޮށްލެވެއެވެ. އެއާއެކު އެއީ ނުކުރެވޭނޭ ކަމެއްކަން ވެސް […]
ކޯގަންނު ވަލުތެރޭގައި ހުރި ކުނިތަކެއްގައި ރޯވެއްޖެ

އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނު ކައިރި ވަލުތެރޭގައި ހުރި ކުނިތަކެއްގައި ރޯވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އެ އަލިފާން މިހާރުވަނީ ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފައި ކަމަށެވެ. އަލިފާނުގެ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 11:25 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށްވެސް ވިދާޅުވެފައިވެއެވެ. ފަޔަރފައިޓަރުން […]
ބ.އަތޮޅުން ފެށިގެން މ.އަތޮޅަށް މޫސުން ގޯސް

ބ.އަތޮޅުން ފެށިގެން މ.އަތޮޅަށް މޫސުން ގޯސްވާނޭ ކަމަށް ލަފާކޮށް މެޓު އޮފީހުން ހުދު ސަމާލު ނެރެފިއެވެ. މިއަދު ހަވީރު 3:00އިން މިރޭ 9:00 އަށް ނެރެފައިވާ އެ ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނޭ ކަމަށް ވެސް ބުނެފައިވެއެވެ. ކަނޑުތައް ގަދަވާނޭ ކަމަށް ވެސް ލަފާކޮށްފައެވެ. މިއީ އީދު ބަންދުގެ ދުވަސްވަރު ކަމުން އެންމެންވެސް މޫސުމަށް ސަމާލުކަން ދީގެން ދަތުރުފަތުރު […]
ނައިފަރަށް ބަނގުރާ އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޅ. ނައިފަރަށް ބަނގުރާ އެތެރެކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ ހައްޔަރު ކޮށްފައިވަނީ ކ. ކާށިދޫ، ވިލާރަތްލާގޭ، އިބްރާހީމް ތިހްނާން ޛަހީނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. އޮޕަރޭޝަން ހިންގާފައިވަނީ ނައިފަރު ޕޮލިސް ސްޓޭޝަނާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންމެވެ. އުމުރުން 18 އަހަރުގެ އެ ޒުވާނާ ހައްޔަރުކޮށްފައިވަނީ މި މެއި މަހުގެ 24 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އޭނާ ބަލައި ފާސްކުރިއިރު […]
ދިވެހިރާއްޖެއާ ބެހޭ ގޮތުން ލިޔުއްވި ޢަރަބި ލިޔުންތެރިޔާ އަލް މަސްޢޫދީ

އެއީ ތާރީޚީ ޢިލްމުވެރިއެކެވެ. ޖޯގުރަފީގެ މާހިރެކެވެ. އަދި ދަތުރުވެރިއެކެވެ. އަލް މަސްޢޫދީގެ ފުރިހަމަ ނަންފުޅަކީ އަބުލް ޙަސަން ޢަލީ އިބްނު ޙުސައިން އިބްނު ޢަލީ އަލް މަސްޢޫދީ އެވެ. މިއީ ޔޫނާނީ (ގްރީކް) ފަލްސަފާގެ ނުފޫޒުން އެއްކިބާވެ، ޤުރުއާނުގެ ޢިލްމީ މަންހަޖުގެ ތެރެއިން އިސްލާމީ ޢިލްމުވެރިކަން ކުރިއަރައިގެންދިޔަ ދުވަސްވަރުގެ ބޭފުޅެކެވެ. އަލް މަސްޢޫދީއަކީ މާތް ނަބިއްޔާގެ އަޞްޙާބު ބޭކަލެއް ކަމުގައިވާ ޢަބްދުﷲ އިބްނު މަސްޢޫދުގެ ދަރިކޮޅުން ވަޑައިގެންނެވި ބޭފުޅެކެވެ. އަލް މަސްޢޫސީ އުފަންވެވަޑައިގެންނެވީ މީލާދުން 896 ވަނަ […]
