ފާއިތުވި 24 ގަޑިއިރުތެރޭ 28 ބޯޓެއް ހޮރުމުޒު ކަނޑުއޮޅި ހުރަސްކޮށްފި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ތެޔޮ ޓޭންކަރުތަކާއި ކޮންޓެއިނަރު އުޅަނދުފަހަރު ހިމެނޭ ގޮތަށް 28 ބޯޓު ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކޮށްފައިވާ ކަމަށް އައިއާރްޖީސީ ނޭވީން ބުނެފިއެވެ. އައިއާރްޖީސީ ނޭވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާރިސީ ގަލްފު އަކީ އެ ސަރަހައްދުގެ މުސްލިމް ގައުމުތަކަށް ނިސްބަތްވާ ކަނޑުމަގު ކަމަށަށެވެ. އެހެންނަމަވެސް އެމެރިކާ އަސްކަރިއްޔާގެ ހަމަލާތަކާއި ފަސާދައިގެ ސަބަބުން ކަނޑުއޮޅިއަށް ނުރައްކާވެފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ކަނޑުގެ ދަތުރުފަތުރުގެ ގަވާއިދުތަކާ ހިލާފު އެއްވެސް […]
ތުހުމަތު ތަކަށް އިންކާރު ކުރައްވަމުން ނާޒިމް އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމަށް ކުރެވޭ ތުހުމަތު ތަކަށް އިންކާރު ކުރައްވަމުން އޭނާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަކިކުރާ ޖަލްސާ މިއަދު ބާއްވަން ނިންމާފައި ވަނިކޮށް ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ނާޒިމް އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ މިއަދު ނެރުއްވި ބަޔާނަކުންނެވެ. އޭނާ ބަޔާން ނެރުއްވީ އޭނާ ވަކިކުރުމަށް ބާއްވާ ޖަލްސާ މިއަދު ހެނދުނު 9:00 ގައި ބާއްވަން […]
ތިބާގެ ބުއްދިން، ތިބާގެ ދުނިޔެ ބަދަލުކުރާނީ ކިހިނެއް!

އެއް އޮފީހެއްގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. އެއްދުވަހަކު އޮފީހުގެ ވެރިޔާ ދެމީހުންވެސް ހާޒިރުކޮށް ދެމީހުންނަށްވެސް ފާޑުކިޔެވެ. އެކަމަކު، އެކަމާ މެދު އެދެމީހުންގެ ވިސްނުން ހުރީ ދެކަފިވެފައެވެ. އެކަކު ދުށްގޮތުގައި، އޭނާއަކީ ނާކާމިޔާބު މީހެކެވެ. އޭނާއަކަށް އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވޭނެއެވެ. އަނެކަކު ދުށްގޮތުގައި އޭނާއަށް ގޯހެއް ހެދުނީއެވެ. ދެން ފަހަރަކުން ރަނގަޅު ކުރަން އޭނާ އަޒުމު ކަނޑައެޅިއެވެ. އޭގެ ހަ މަސް ފަހުން އޭނާއަށް ވަޒީފާގެ ކުރިއެރުން ލިބުނެވެ. އަނެއް މީހާ ހަމަ ހުރި ހިސާބުގައި […]
ދިވެހީންގެ މާލިތަކާއި މާލިހެދުމުގެ ސަގާފަތް

ދިވެހިރާއްޖެއަކީ މުއްސަނދި ސަގާފަތަކާއި އާދަކާދަތަކެއްގެ ވެރި ޤައުމެކެވެ. މީގެ ތެރެއިން ދިވެހީންގެ ސަގާފީ ގިނަ ކުޅިވަރުތަކާއި ހަރަކާތްތައް ފެނިގެން ދަނީ ދިވެހީން ފާހަގަކުރާ ދެ އީދުގައެވެ. އެއީ ކުޑައީދާއި ބޮޑުއީދެވެ. އިސްލާމް ދީނުގެ މި ދެ އީދަކީ ދިވެހީންގެ އިޖުތިމާއީ ރޫހާއި އުފާވެރިކަން އެންމެ ބޮޑަށް ފެނިގެންދާ ދެ މުނާސަބަތެވެ. އީދު ފޯރީގެ ތެރެއިން ދިވެހިރާއްޖޭގެ ވަރަށް ގިނަ ރަށްތަކެއްގައި އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ ”މާލި ނެރުން“ ނުވަތަ މާލި ހެދިގެން ރަށުތެރޭގައި ހިނގާ ހިނގުމެވެ. […]
އުސްމާނީ ޚަލީފާއިން ޙައްޖު ނުކުރެއްވީ ކީއްވެގެން ހެއްޔެވެ؟

މިދާކަށް ދުވަހު ވަރަށް ގާތް މިތުރަކު ދެއްވި ޚާއްޞަ ސައިފޮދަކަށް ރެސްޓޯރެންޓަކަށް ދިޔައީމެވެ. އެ ބައްދަލުވުމުގައި އަޅުގަނޑާ އެކުވެރިޔާގެ އިތުރުން ބައެއް އަޚުން ވެސް ބައިވެރިވެވަޑައިއެވެ. އާދައިގެ މަތިން އެބޭފުޅުން އަޅުގަނޑާ ސުވާލުކުރައްވަމުން ގެންދެވިއެވެ. އޭގެ ތެރޭގައި އަޅުގަނޑަށް ތަފުސީލީ ޖަވާބެއް އެވަގުތު އަރުވަން ދަތިވި، އިތުރަށް ދިރާސާކޮށްލަން ޖެހޭ ފަދަ ތާރީޚީ ސުވާލެއް ވެސް ކުރެއްވިއެވެ. ސުވާލަކީ، ވަރަށް ޙައްސާސް ސުވާލެކެވެ. ”އިލެކްޓްރޯނިކު ގުއިވަޅު މެހިތައް“ ތުރުކީގެ އިސްލާމީ ޚިލާފަތުގެ އަގުވައްޓައިލުމަށް ޓަކައި، ނޭއްގާނި ވާހަކަތައް […]
