ދާދި އަވަހަށް މަޝްރޫޢުތައް ހަލުވިވެގެންދާނެ: ރައީސް

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ކުރިމަތިވި ދަތިތައް ހައްލުކުރެވި، ދާދި އަވަހަށް މަޝްރޫޢުތައް ހަލުވިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ކުންފުނިތަކާ ޙަވާލުކުރައްވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ފެއްޓެވި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތުގެ ދުވެއްޔަށް މަޑުޖެހުމެއް އައި ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ އެނޫންވެސް ގޮތްގޮތުން ކުރިމަތިވި މައްސަލަތައް ހައްލުކުރެވި، ދުވެލި ހަލުވިވެގެންދާނެކަމުގެ ޔަޤީންކަންދެއްވައި، […]
ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ސޯޝަލްމީޑީއާގެ ބައެއް މަންސަތައް މަނާކުރަނީ

ޢުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއީ ދިވެހި ޒުވާން ޖީލުގެ ރައްކާތެރިކަމަށް އަޅުއްވާ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރައީސް މިއަދު ވިދާޅުވީ އެންމެ ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި މިކަން ތަންފީޒުކުރައްވާނޭ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސޯޝަލް މީޑިއާގެ ނުރައްކާތަކަށް، […]
ސަރުކާރުގެ އެންމެ ފައިސާފޮއްޗެއް ވެސް ބޭނުންނުކުރަން: ރައީސް

ޗުއްޓީ ދަތުރުފުޅުތައް ނުވަތަ އަމިއްލަފުޅުތަކަށް ސަރުކާރުގެ ފައީސާއިން ޚަރަދު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ޗުއްޓީއަށް ވަޑައިގަންނަވާއިރު ހުރިހާ ޚަރަދެއް ކުރައްވަނީ އަމިއްލަފުޅަށް ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ޚަރަދު ކުރެއްވުމަކީ ޤާނޫނުން އެމަނިކުފާނަށް ލިބިދީފައިވާ އިނާޔަތެއް ކަމަށް ވިދާޅުވިއެވެ. ”އަޅުގަނޑު މިމަގާމާ ހަވާލުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް އަމިއްލަ އެއްވެސް ދަތުރެއަގައި […]
ހާމާނު! ޤުރުއާނާއި، އިންޖިލުގެ ފުށުއެރުން!

ކީރިތި ޤުރުއާން ބާވައިލެއްވުނު ހިނދު، ޤުރުއާނުގައި އެކަކުގެ ނަން 6 ފަހަރު ތަކުރާރުކޮށް ބަޔާން ކުރައްވާފައިވެއެވެ. އެ ނަމަކީ ”ހާމާނު“ އެވެ. ސޫރަތުލް ޣާފިރުގެ 36 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވާފައިވެއެވެ. وَقَالَ فِرْعَوْنُ يَـٰهَـٰمَـٰنُ ٱبْنِ لِى صَرْحًۭا لَّعَلِّىٓ أَبْلُغُ ٱلْأَسْبَـٰبَ (٣٦) މާނައީ: ”ފިރުޢައުނު ބުންޏެވެ. އޭ ހާމާނެވެ! އަހުރެންނަށް އުސްގަނޑުވަރެއް ބިނާކޮށްދޭށެވެ! އެއީ، އަހުރެންނަށް މަގުތަކެއް ފެނޭތޯއެވެ.“ އިންޖީލުގައިވެސް ހާމާނެއްގެ ވާހަކަ ބަޔާން ކުރައްވާފައިވެއެވެ. އިންޖީލުގެ ޗެޕްޓަރ އެސްތަރގައި، ޔަހޫދީންނާއި […]
