މިއީ އޮންނަން ހެޔޮވާވަރުގެ ސަރުކާރެއްނޫން: ޝައްމާން

ރާއްޖޭގައި މިހާރު މިއޮތް ސަރުކާރަކީ މިވަގުތު ރާއްޖޭގައި އޮންނަން ހެޔޮވާވަރުގެ ސަރުކާރެއް ނޫންކަމަށް ކުރީގެ ކޮންޓްރޯލަރ ޖެނެރަލް ޝައްމާން ވަޙީދު ވިދާޅުވެއްޖެއެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ތިން ދައުވާގެ ހުކުމް އިއްވުމުގެ އަޑުއެހުމަށް ކްރިމިނަލް ކޯޓަށް ވަނުމުގެ ކުރީން ރާއްޖޭގެ ބައެއް މީޑިއަމްތަކާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ”މިއީ އަޅުގަނޑުމެން ވަރަށް ބުރަ މަސައްކަތުން ހެޔޮ އެދިގެން ގެނައި ސަރުކާރެއް. ނަމަވެސް މި ސަރުކާރަކީ މިވަގުތު ރާއްޖެގައި އޮންނަން ހެޔޮވާވަރުގެ ސަރުކާރެއްނޫން،“ އޭނާ ވިދާޅުވީ […]

ޝައްމާން 25 އަހަރަށް ޖަލަށް

އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް ޝައްމާން ވަހީދަށް ތުހުމަތުކުރި ކުށް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ. އޭނާގެ މައްޗަށް މި ހުކުމް އިއްވީ މިއަދު ހަވީރު 4:00 ގައި ބޭއްވި އަޑު އެހުމެއްގައެވެ. ދައުލަތުން ޝައްމާނަށް ތިން ކުށެއްގެ ދައުވާ ކުރިއެވެ. އެ ތިން ކުށްވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އޭނާގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ވަނީ ކޮށްފައެވެ. އެއީ […]

ރައީސާ ބެހޭގޮތުން ޝަމްއާން ދެއްކީ ދޮގު ވާހަކަތަކެއް: ތަރުޖަމާނު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބޭހޭގޮތުން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރޖެނެރަލް މުޙައްމަދު ޝަމްއާން ވަޙީދު މީޑިއާގައި މިއަދު ދެއްކެވީ ދޮގުވާހަކަތަކެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ. ދިވެހި ބައެއް މީޑިއަމްތަކާ މިއަދު ވާހަކަދައްކަވަމުން ޝަމްއާން ވަނީ ރާއްޖޭގެ ދާޚިލީ ވަޒީރު ކޮޕްރަޕްޝަންގެ ފައިސާގައި ހިއްޕެވި ކަމަށް ތުހުމަތު ކުރައްވައިފައެވެ. ދާޚިލީ ވަޒީރު އެކަން ކުރެއްވީ ބޭރު މީހުންނަށް ކޯޓާތައް ދޫކުރުމުގެ ތެރެއިން ކަމަށް ޝައްމާން ވަނީ ވިދާޅުވެފައެވެ. އެކަން އެނގުމުން […]

ތިން ގައުމެއްގެ ސަފީރުން ރައީސަށް ފަތްކޮޅު އަރުވައިފި

ތިން ގައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން އެބޭފުޅުންގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް މިއަދު އަރުވައިފިއެވެ. މި ތިން ބޭފުޅުންގެ ފަތްކޮޅު ރައީސަށް އަރުވާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ވަކިވަކީން ބޭއްވި ރަސްމިއްޔާތުތަކުގައެވެ. މިއަދު ރައީސަށް ފަތްކޮޅު އަރުވާފައިވަނީ ފަރަންސޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ރެމީ ލޮބޭޚާއި، ފިލިޕީންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ނީނާ ޕީ. ކައިންޖްލެޓާއި، ކިންގްޑަމް އޮފް ނެދަލޭންޑްސްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި […]

ރައީސްގެ ހަމްދަރުދީ ފިލިޕިންސަށް

ފިލިޕީންސްގެ މިންޑަނާއޯގެ އައްސޭރިފަށަށް އައި ބިންހެލުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް، ފަރޑިނަންޑް ރޮމުލްޑޭޒް މާކޮސް ޖޫނިއަރ އަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. މިންޑަނާއޯއަށް މި ބިންހެލުން އައިސްފައިވަނީ ޖޫން އަށްވަނަ ދުވަހުއެވެ. މި ހާދިސާގައި މަދުވެގެން 19މީހަކު ވަނީ މަރުވެފައެވެ. އަދި 134 މީހަކަސް ވަނީ އަނިޔާވެފައެވެ. މިމަމުގެ ހިތާމައިގައި ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ، އެތައް ބައެއްގެ ފުރާނަ ގެއްލި އަދި ގިނަ ބަޔަކު ޒަޚަމްވި މި ނުރައްކާތެރި […]

ފިޔޯރީ ފައިޒަރު އެމްޑީޕީއަށް: ބުނީ ދޫނި ގްރޫޕް ބަލިކުރާނޭ ކަމަށް

ގދ. ފިޔޯރީ ކައުންސިލްގެ ކުރީގެ ރައީސް ފައިޒަރު ރަޝީދު އެމްޑީޕީއާ ގުޅިއްޖެއެވެ. ފައިޒަރު އެމްޑީޕީއާ ގުޅުނު ސީދާ ސަބަބެއް ނޭނގެއެވެ. ކުރިން ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ފިޔޯރީ ކައުންސިލްގެ ރައީސަކަށް ހުރެގެން އޭނާ ވަނީ ފިޔޯރީގެ ތަރައްގީއަށް އެތައް މަސައްކަތެއް ކޮށްދީފައެވެ. ރަށުގެ ތަރައްގީއަށްޓަކައި ބުނަންޖެހުނު ކޮންމެ އެއްޗެއް އެއްވެސް ޖެހިލުމެއްނެތި އޭނާ ވަނީ ބުނެފައެވެ. އިދިކޮޅެއް އެއްކޮޅެއް ނުބަލައި ބައްދަލުކުރަންޖެހުނު ކޮންމެ މީހަކާ ބައްދަލުކޮށް ރަށުގެ ތަރައްގީ އަވަސްވާނޭ ގޮތެއް ބެލުމަށް އޭނާ ވަނީ މަސައްކަތް […]