ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން ދިހަބިލިއަން ޑޮލަރު ދޭން އެއްބަސްވެއްޖެ

އީރާނަށް ދަތިކުރުމުގެ ގޮތުން އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން ދިހަބިލިއަން ޑޮލަރު ދޫކުރުމަށް އެމެރިކާއިން އެއްބަސްވެއްޖެ އެވެ. ރޮއިޓަރސް ބުނާ ގޮތުގައި، ހިފަހައްޓާފައިވާ އީރާނު ފައިސާގެ ތެރެއިން 10 ބިލިއަން ޑޮލަރު ދޫކުރުމަށް އެމެރިކާއިން އެއްބަސްވެ، އެފައިސާ ދޫކުރުމުގެ ހުއްދަ އެކުވެރި ޢަރަބި ޢިމާރާތަށް ވަނީ ދީފައެވެ. މިހާރު އެފައިސާގެ ތެރެއިން 03 ބިލިއަން ޑޮލަރު ޓްރާންސްފާކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. މިފައިސާ ދޫކުރަނީ ސަރަޙައްދީ ޤައުމުތަކަށް ދޭ ޙަމަލާތައް ކުޑަ ނުވަތަ މަދު ކުރުމުގެ […]
