ސަބަބު (ސާދަވަނަ ބައި)

އަހަރެންގެ ކޮނޑުގައި ބައްޕަ ޖައްސާލި އަތް ނައްޓުވާލުމަށް އަހަރެން މަސައްކަތް ކުރީމެވެ. އެއަށްފަހު ވަރަށް ބާރަށް އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. ބައްޕަގެ ނަމުން ގޮވާލުމާއި އެކުގައެވެ. އަހަރެން ފުންމައިގެން ތެދުވީމެވެ. އެވަޤުތު ކޮއްކޮމެން ކޮޓަރިތެރެއިން ދުވެފައި އަހަރެންގެ ކައިރިއަށް އައެވެ. ކަންބޮޑުވެ، ވީނުވީއެއް ނޭންގޭ ޙާލުގައެވެ. ”ދޮންބޭ! ކިހިނެއްވީ؟“ ޖުމާނާ ސުވާލުކޮށްލިއެވެ. އަހަރެންނަށް ވަށައިގެން ބަލައިލެވުނެވެ. އާނއެކެވެ. އެއީ އަހަރެންނަށް ފެނުނު ހުވަފެނެކެވެ. ޖުމާނާއާއިއެކު ވާހަކަ ދައްކަން އިންދާ ބަންގި ގޮވުމުން ޖުމާނާ ދިޔައެއްކަމަކު އަހަރެންނަށް އިނދެވުނީއެވެ. ފިކުރުގެ […]
