އީރާން ވަނީ ދެ ހަނގުރާމައިން ވެސް ކާމިޔާބު ހޯދާފައި: މޮހޮސެނީ

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެމެރިކާއާއި ޒަޔަނިސްޓް ދުޝްމަނުން އީރާނާ ދެކޮޅަށް ދެ ހަނގުރާމައެއް ކޮށްފައިވާ ކަމަށް އީރާނުގެ ޖުޑިޝަރީގެ ވެރިޔާ ގުލާމް ހުސައިން މުހްސެނީ-އިޖެއި ވިދާޅުވެއްޖެއެވެ. ސުޕްރީމް ކައުންސިލް އޮފް ދަ ޖުޑިޝަރީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުހްސެނީ ވިދާޅުވީ އިޒްރޭލާއި އެމެރިކާ ބަލިކުރުމުގައި އީރާނުން ވަނީ ކާމިޔާބު ހޯދާފައި ކަމަށެވެ. އޭނާ ވިދާޅުވީ އީރާނުގެ އެއްބައިވަންތަކަން ފެނި ދުޝްމަނުންނާއި އިދިކޮޅު ފަރާތްތައް ވަނީ މާޔޫސްވެފައި ކަމަށެވެ. އެފަރާތްތަކުން މަސައްކަތް ކުރަނީ އީރާނުގެ އެ އެއްބައިވަންތަކަމުގެ […]

މެދުއިރުމަތީގެ ހަމަނުޖެހުމުގެ އަސަރު މުޅި އެފްރިކާ ބައްރަށް

މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުން ތަކުގެ ސަބަބުން އެފްރިކާ ބައްރަށް ކުރިމަތިވެފައިވާ ދަތިކަން ހައްލު ކުރުމަށް އެތައް މަހެއް ހޭދަވާނޭ ކަމަށް އައިއެމްއެފްގެ އައު ވެރިޔާ ޒެއިން ޒެއިދާން ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ މިކަމުގެ ނޭދެވޭ އަސަރު މެދުއިރުމަތީގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި އުފެއްދުންތެރިކަމަށް ވެސް ކުރާނޭ ކަމަށެވެ. މިއީ ޝޮކެއް ކަމަށާއި، އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މި ޝޮކުން އަރައިގަތުމަށް ގައުމުތަކަށް އެހީވާން ކަމަށް ވެސް ވިދާޅުވިއެވެ. ”އަޅުގަނޑު އެންމެ ބޮޑު އިސްކަމެއް ދެނީ މި […]

ވަޒީފާއިން ވަކިކުރާ ކޮންމެ މީހެއްގެ އާއިލާއެއް އޮންނާނެ: ޝާހިދު

ސިޔާސީ ބޭނުމަށްޓަކައި ވަޒީފާތަކުން މުވައްޒަފުން ވަކިކޮށް އަނިޔާވެރިކަން މި ސަރުކާރުން އިސްކުރަމުންދާއިރު ވަކިކުރާ ކޮންމެ މުވައްޒަފެއްގެ ފަހަތުގައި ޢާއިލާއެއް އޮންނާނޭ ކަން މިސަރުކާރުގެ އިސްވެރިންނަށް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ”ސިޔާސީ ބޭނުމަށް ވަޒީފާތަކުން މުއައްޒަފުން ވަކިކޮށް އަނިޔާވެރިކަން އިސްކުރާއިރު، އެއިން ކޮންމެ މީހަކާ ގުޅިފައިވާ ޢާއިލާއެއް އޮންނަކަން މިސަރުކާރުގެ އިސްވެރިންނަށް އެނގިވަޑައިންނަވަން ޖެހެއެވެ.“ އެކްސްގައި އޭނާ ވިދާޅުވެފައިވެއެވެ. ޝާހިދު ވިދާޅުވެފައިވަނީ އަނިޔާވެރިކަމުގެ ނަތީޖާ ހިތިވާނެކަމަށެވެ. އެކަން އަނިޔާވެރިވާ ފަރާތްތަކުން ދަންނަންޖެހޭނޭ […]

ކިއުރަސާއޯ އާއި ވޯރލްޑްކަޕް

ކެރިބިއަންގެ ޖަޒީރާއެއް ކަމަށްވާ ކިއުރަސާއޯއިން 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރެކޯޑްތައް މުގުރާލައި ފުޓްބޯޅަ ފޯކްލޯރުގައި އެ ޖަޒީރާގެ ނަން ލިޔެލައިފިއެވެ. އެންމެ 156،000 މީހުންގެ އާބާދީއެއް އޮންނަ އަދި އެންމެ 444 އަކަކިލޯމީޓަރުގެ ބިމުގެ ސަރަހައްދެއް އޮންނަ ދިރުން ހުރި އެ ޖަޒީރާއަކީ، ރަސްމީގޮތުން ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައި ވެސް އާބާދީއާއި ބިމުގެ ގޮތުން މިހާތަނަށް މި މުބާރާތަށް ކޮލިފައިވި އެންމެ ކުޑަ ޤައުމެވެ. އެ ޤައުމުގެ ކުޑަކަމާއި، އާބާދީއަށް ބަލާއިރު، ޖަރުމަނާ […]