ކިއުރަސާއޯ އާއި ވޯރލްޑްކަޕް

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
ޖޫން 23, 2026

ކެރިބިއަންގެ ޖަޒީރާއެއް ކަމަށްވާ ކިއުރަސާއޯއިން 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރެކޯޑްތައް މުގުރާލައި ފުޓްބޯޅަ ފޯކްލޯރުގައި އެ ޖަޒީރާގެ ނަން ލިޔެލައިފިއެވެ. އެންމެ 156،000 މީހުންގެ އާބާދީއެއް އޮންނަ އަދި އެންމެ 444 އަކަކިލޯމީޓަރުގެ ބިމުގެ ސަރަހައްދެއް އޮންނަ ދިރުން ހުރި އެ ޖަޒީރާއަކީ، ރަސްމީގޮތުން ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައި ވެސް އާބާދީއާއި ބިމުގެ ގޮތުން މިހާތަނަށް މި މުބާރާތަށް ކޮލިފައިވި އެންމެ ކުޑަ ޤައުމެވެ.

އެ ޤައުމުގެ ކުޑަކަމާއި، އާބާދީއަށް ބަލާއިރު، ޖަރުމަނާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ދަނޑަށް ހާޒިރުވި ކުޅިބެލުންތެރިންގެ ޢަދަދު ކިއުރަސާއޯގެ މުޅި ޖުމްލަ އާބާދީގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނައެވެ. ތެދުތެދަށް ބުނާނަމަ، އެ ޤައުމުގެ އެއްކޮޅުން އަނެއްކޮޅަށް ގަޑިއެއްހާއިރު ތެރޭގައި ވެހިކަލެއްގައި ދުއްވާފައި ދެވޭނެއެވެ.

”ދަ ބްލޫ ވޭވް“ ގެ ނަމުން ނަންދެވިފައިވާ އެ ޤައުމުގެ ޤައުމީ ޓީމުގެ އެންމެ ފުރަތަމަ ރަސްމީކޮށް މެޗެއް ކުޅުނީ 10 އޮކްޓޯބަރު 2010 ގައި ”ނެދަރލެންޑްސް އެންޓިލިސް“ އުވާލައި، ވަކި މިނިވަން ޤައުމެއް ކަމަށްވާ ކިއުރަސާއޯ އުފެދުމާއި ގުޅިގެން 2011 ވަނަ އަހަރުއެވެ. ސައިޒުގެ ގޮތުން ކުޑަ، އަދި ޢާލަމީ ޖުޣުރާފީ ޗާޓްތަކުގެ އެންމެ ފުލުގައި އޮތް ނަމަވެސް، އެ ޓީމުގެ އުސްތޫރީ ކޯޗު ޑިކް އެޑްވޮކޭޓްގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ ދަތި އުނދަގޫތަކާއި، އަދި އެތައް ހުރަސްތަކެއް ގިރާކޮށްފައެވެ. އަދި ޑިކް އެޑްވޮކޭޓް ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ދުވަސްވީ މެނޭޖަރުގެ ރެކޯޑް ހަދާފައެވެ. އަދި ކިއުރަސާއޯއިން، ފުރަތަމަ މެޗްގައި ބަލިވި ބަލިވުމުން އަރައިގަނެ، އެ ޤައުމަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައިދާނަށް ނިސްބަތްވާ ބައެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން އިކުއެޑޯއާ ދެކޮޅަށް ކުޅުނު ތާރީޚީ، އަދި އުނދަގޫ މެޗް ގަދަ ހިތްވަރާއެކު ކުރި ބުރަ މަސައްކަތުން، އެ ޤައުމުން ވަނީ 0-0 އިން އެއްވަރުކޮށް މެޗު ނިންމާލާފައެވެ. އަދި އެ ޤައުމުން ބައިވެރިވި ފުރަތަމަ މުބާރާތް، ކިއުރަސާއޯއިން ވަނީ ތާރީޚީ ގޮތުން އުސްތޫރީ ފެއަރީޓޭލްއަކަށް ބަދަލުކޮށްލާފައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *