އިނގިރޭސި ބޮޑުވަޒީރު އިސްތިއުފާ ދެއްވީމާ އައު އިންތިޚާބެއް ކުރިމަތި ނުވާކަމަށާއި، ދެންވެރި ބޮޑުވަޒީރަކަށް ވާނީ ރައްޔިތުންގެ މަޖިލީހުންގެ އެންމެގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީގެ ލީޑަރު ކަމަށް އެމްޑީޕީގެ ޗެއަރޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ފަސް އަހަރުގެ ދައުރަކަށް ސަރުކާރު ހިންގަން ލިބިފައި އޮންނަނީ ގިނަގޮނޑި ކާމިޔާބުކުރާ ޕާޓީއަށް ކަމަށެވެ. ”ޕާޓީގެ ލީޑަރު އިސްތިއުފާ ދެއްވީމައި ނުވަތަ ޕާޓީ މެންބަރުން ޕާޓީގެ ލީޑަރު ވަކިކުރީމާ ދެން ސަރުކާރުގެ ވެރިއަކަށް ވަނީ ޕާޓީ އިން ހޮވާ ލީޑަރު،“ އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ ޕާޓީގެ ލީޑަރަކަށް ވެވޭނީ މަޖިލިސް މެންބަރަކަށް ކަމަށެވެ. އެހެންމަވެސް ރައީސް ނަޝީދާއި ފައްޔާޒު އިސްމާޢީލުގެ ”ބޮޑު ބަދަލު“ ގައި ހުށަހަޅާފައިވާ އަސާސީ އެއް ސިފައަކީ ސަރުކާރުގެ ވެރިޔާ އިންތިޚާބު ކުރާނީ މުޅި ރައްޔިތުންގެ ވޯޓުން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ބޮޑު ބަދަލަކީ މެނިފެސްޓޯއެކެވެ.






