ވިއްސާރަ: ލާމުން އައްޑުއަށް ހުދު ސަމާލު

ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދުސަމާލު ނެރެފިއެވެ. މެޓު އޮފީހުން މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ ހެނދުނު 8:15 އިން މެންދުރުފަހު 1:00 އަށެވެ. މެޓުން ބުނެފައިވަނީ މިވަގުތުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނޭ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ބުނެފައިވެއެވެ.