ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދުސަމާލު ނެރެފިއެވެ.
މެޓު އޮފީހުން މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ ހެނދުނު 8:15 އިން މެންދުރުފަހު 1:00 އަށެވެ.
މެޓުން ބުނެފައިވަނީ މިވަގުތުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނޭ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ބުނެފައިވެއެވެ.






