ރާއްޖޭގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

މުހައްމަދު އަލީ
ޖޫން 26, 2026

ގަދައަށް ވިއްސާރަވާނޭ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިރޭ ދަންވަރު އެއްގަޑި ފަނަރައިން ފެށިގެން ފަތިހު ފަހަކާ ހަމައަށެވެ.

މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށެވެ.

މެޓުން ބުނެފައިވަނީ ގަޑިއަކުން 25 މޭލާއި 30 މޭލާ ދެމެދު ބާރު މިނުގައި ވައިޖެހޭނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނޭ ކަމަށް ވެސް ލަފާކޮށްފައިވެއެވެ. ކަނޑުތައް ވަރަށްގަދަވާނޭ ކަމަށްވެސް ލަފާކުރެވޭ ކަމަށް ވަނީ ބުނެފައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *