އެމްޑީޕީއަށް ކާމިޔާބު ލިބެންއޮތީ ގުޅިގެން ކުރެވޭ މަސައްކަތަކުން: ފައްޔާޒު

ކުރިއަށް އޮތް ތަނުގައި އެމްޑީޕީއަށް ކާމިޔާބީއެއް ލިބުން ބިނާވެފައިވަނީ ޕާޓީގެ އެންމެހާ ބޭފުޅުން ގުޅިގެން އެއްބައިވަންތަކަމާއެކު ކުރެވޭ މަސައްކަތަކުން ކަމަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. މި ނޫހަށް މަޢުލޫމާތު ދެއްވަމުން ފައްޔާޒު ވިދާޅުވީ ކާމިޔާބު ހޯދުމަށްޓަކައި އެންމެން އެއްގަލަކަށް އަރަންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް ގައުމީ ޚިދުމަތެއް އަދިވެސް ކޮށްދެވޭނީ އެމްޑީޕީއަށްކަން ގަބޫލުކުރާ އެތައް ހާސް ރައްޔިތުންނެއް އެބަތިބި ކަމަށެވެ. ޕާޓީގެ ތެރޭގައި އުފެދުނު ނުތަނަވަސްކަމަށްފަހު ޕާޓީ ދޫކުރައްވައި ވަޑައިގެންނެވި ކުރީގެ […]

ދެހާސް އަށާވީސް ވަނަ އަހަރު ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތައް ނިމެނޭ: ރައީސް

ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު ކަމުގައިވާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ 2028 ވަނަ އަހަރުގެ މެދުތެރެއަށް ދާއިރު ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތައް ނިންމައި، ރައްޔިތުންނާ ހަވާލުކުރައްވާނޭ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫޢުތައް ހަމައެކަނި ނިންމުމުގެ ބަދަލުގައި، ފްލެޓްތައް ނިންމައި ރައްޔިތުންނަށް އެތަންތަނަށް ވަދެ ދިރިއުޅެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ، […]

ޕޭ ހާމަނައިޒް ކުރުން މުހިންމު – ރައީސް

އިޤްތިޞާދު ހަރުދަނާކުރުމާއި މަސައްކަތުގެ އަޚުލާގު ކުރިއެރުވުމަށް، ކުންފުނިތައް އެންމެ ރަނގަޅު މިންގަނޑަކަށް ބަދަލު ކުރުމާއި ޕޭ ހާމަނައިޒްކުރުން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މި މޭރުމުން ވާހަކަފުޅުދައްކަވާފައި ވަނީ، ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ޕޭ ހާމަނައިޒްކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދަކީ، އެ ކުންފުންޏަކަށް އެންމެ އެކަށީގެންވާ ޢަދަދުކަމުގައި ކަށަވަރު […]

ކަނޑައަޅާފައިވާ ވަގުތަށް މަޝްރޫޢުތައް ނިންމަން ޚާއްސަ ފިޔަވަޅުތަކެއް އަޅަނީ

ސަރުކާރުން ޢާންމުންނަށް ދެއްވާ ޚިދުމަތްތައް ހަރުދަނާކުރައްވައި، ކަނޑައަޅުއްވާފައިވާ ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމެވުމުގެ މަޤުޞަދުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މި ފިޔަވަޅުތައް ކަނޑައަޅުއްވާފައިވަނީ، 2026 ޖޫން 28 ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. އެގޮތުން، ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކާއި ހަރަކާތްތައް ވިލަރެސްކުރެއްވުމަށް ބޭނުންކުރައްވާ ”ދުވެލި“ ޕޯޓަލް އާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން ތައްޔާރުކުރައްވާފައިވާ ”ޕަބްލިކް އިންވެސްޓްމަންޓް މެނެޖްމަންޓް ސިސްޓަމް, (PIMS)“ […]

އިސްލާމީ އުއްމަތުގެ ޙާލަތު ބަދަލުކޮށްލި ސިޓީތައް!

ފުރަތަމަ ސިޓީއަކީ އަމީރު މުޢާވިޔަތު رضي الله عنه ޔަޒީދު ބިން މުޢާވިޔާއަށް ވަޞިއްޔަތްކޮށް ލިޔުއްވި ސިޓީފުޅެކެވެ. ދެވަނަ އަދި ތިންވަނަ ސިޓީއަކީ ޔަޒީދު ބިން މުޢާވިޔާ، އޭނާގެ ގަވަރުނަރުންނާއި، ސިފައިންނަށް އަމުރުކޮށް ފޮނުވި ސިޓީއެވެ. އަދި ހަތަރުވަނަ ސިޓީއަކީ އިމާމު ޙުސެއިން رضي الله عنه، ޔަޒީދު ބިން މުޢާވިޔާއަށް ފޮނުއްވި، އެކަލޭގެފާނުގެ އެންމެ ފަހުގެ ސިޓީފުޅެވެ. އިސްލާމީ ތާރީޚުގައި ހިނގި އެންމެ ހިތާމަވެރި ބާބުކަމަށްވާ ”ކަރުބަލާގެ ހާދިސާގެ“ ނާރެސް ބިނާވެފައިވަނީ މިދެންނެވި ހަތަރު ސިޓީގެ […]