ބާރގާރއެއްގެ ބަދަލުގައި ރެސްޓޯރެންޓެއް!

1990 ވަނަ އަހަރުގެ ކުރީކޮޅު، ބަނޑުހައިވެގެން ހާންތިވެފައިވާ ކުއްޖަކު، މެކްޑޮނަލްޑް ރެސްޓޯރެންޓެއްގެ ”ޑްރައިވު ތުރޫ“ އަކަށްގޮސް، އެތާ ހުރި އަންހެންކުއްޖެއްގެ ގާތު ބުންޏެވެ. ”އަހުރެން މިހުރީ ވަރަށް ބޮޑަށް ބަނޑުހައި ވެފައެވެ. ތިބާގެ އަތުގައި ކާނެ އެއްޗެއް އެބަހުރި ހެއްޔެވެ؟“ އެވަގުތު އަންހެންކުއްޖާ، އޭނާއަށް ބަލާލުމަށްފަހު، އޭނާއާ މެދު ޙަމްދަރުދީވެ، އެތަނުން ބާރގާރއެއް އެކުއްޖާއަށް ދިއްކޮލިއެވެ. އެދުވަހު، އެ އަންހެންކުއްޖާ ދިއްކޮއްލި ”ބާރގާރ“، އެއްދުވަހަކުން އޭނާގެ ދިރިއުޅުން ބަދަލުކޮށްލާނެ ކަމެއް، އޭނާގެ ހިތަކަށް އެއްގޮތަކަށްވެސް ނާރައެވެ. އެ […]

ފިލިޕްސް ސްޕްލިޓް ވޯލް-މައުންޓެޑް އޭސީ އެސްޓީއޯއިން ތަޢާރަފް ކޮށްފި

ފިލިޕްސް ސްޕްލިޓް ވޯލް-މައުންޓެޑް އޭސީތައް އެސްޓީއޯއިން ތަޢާރަފް ކޮށްފިއެވެ. މި އޭސީ އަކީ އިތުބާރު ހިފޭ، އާއްމު ގެތަކަށާއި އޮފީސް މާހައުލު ތަކަށް އެކަށޭނަ، ސްމަރޓް ކޫލިންގް ސިސްޓަމެއް ފޯރުކޮށްދޭ އުފެއްދުމެއް ކަމަށް އެސްޓީއޯއިންވަނީ ބުނެފައެވެ. ޗައިނާގެ އުފެއްދުމެއް ކަމުގައިވާ ފިލިޕްސް އޭސީތަކަކީ ފެންވަރު ރަނގަޅު، ގިނަ ދުވަހު ގެންގުޅެވޭ އަދި އަވަހަށް ފިނިކޮށްދޭ ބޭނުން ކުރަން ފަސޭހަ އޭސީތަކެއް ކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ. މި އުފެއްދުން ރާއްޖެއަށް ތަޢާރަފް ކޮށްފައިވަނީ އެސްޓީއޯ ޖެނެރަލް […]

ކުޑަފަރީ ރުއްގަހަށް ޖެހޭ ބަލި ކޮންޓްރޯލް ކޮށްދިނުމަށް އެދެފި

ނ.ކުޑަފަރީ ރުއްގަހަށް ޖެހެމުންދާ ބަލި ކޮންޓްރޯލް ނުކުރެވި ފެތުރެމުންދާތީ ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ އެހީތެރި ކަމަށް އެރަށު ކައުންސިލުން އެދެފިއެވެ. އެކައުންސިލުން މިކަމަށް އެދުނީ އެ ވުޒާރާއާއެލު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައެވެ. އެކަމަށް އެ ވުޒާރާގެ ފަންނީ އެހީތެރިކަމަށް އެދުމުން ވުޒާރާއިން ދެވެންއޮތް އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަގީންކަން ވަޒީރު އަޙުމަދު ޝިޔާމް ދެއްވިއެވެ. މި ބައްދަލުވުމުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ވެސް ކުޑަފަރީ ކައުންސިލާއެކު ވަނީ މަޝްވަރާ ކޮށްފައެވެ. މި ބައްދަލުވުމުގައި، […]

ދިވެހި އަސްކަރީ ބޯދާ ތާރީޚު-1

ދިވެހި އަސްކަރީ ބޯދާ ތާރީޚު-ދިވެހިރާއްޖޭގައި ކުރިން އޮތް އަސްކަރީ ނިޒާމާއި ތިއޮކްރެސީ ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރިން ރާއްޖޭގައި އޮތީ ބުދުދީނުގެ ވެރިކަމެކެވެ. ދިވެހިރާއްޖޭގެ އެކިއެކި ރަށްރަށުން ފެނިފައިވާ އާސާރުތަކުން ބުދުދީނާއި ހިންދޫ ދީނުގެ އެކިއެކި މަޒުހަބުތަކުގެ މުގައްދަސް ތަކެއްޗާއި އަޅުކަންކުރަން ގެންގުޅުނު ބުދުތައް ފެނިފައިވެއެވެ. ދިވެހިރާއްޖޭގައި އަސްކަރީ ބާރެއް ނެތް ޒަމާނެއް ފެންނާކަށް ނެތެވެ. ދިވެހީން އިސްލާމްދީން ގަބޫލުކޮށް، ރަސްމީގޮތުން ދިވެހި ދައުލަތުގެ ދައުލަތުގެދީނަކީ އިސްލާމްދީންކަމަށް މީލާދުން 1153 ވަނަ އަހަރު ކަނޑައެޅުމުގެ ކުރިން ވެސް ދިވެހިރާއްޖޭގައި […]