ފިލިޕްސް ސްޕްލިޓް ވޯލް-މައުންޓެޑް އޭސީ އެސްޓީއޯއިން ތަޢާރަފް ކޮށްފި

މުހައްމަދު އަލީ
ޖުލައި 1, 2026

ފިލިޕްސް ސްޕްލިޓް ވޯލް-މައުންޓެޑް އޭސީތައް އެސްޓީއޯއިން ތަޢާރަފް ކޮށްފިއެވެ. މި އޭސީ އަކީ އިތުބާރު ހިފޭ، އާއްމު ގެތަކަށާއި އޮފީސް މާހައުލު ތަކަށް އެކަށޭނަ، ސްމަރޓް ކޫލިންގް ސިސްޓަމެއް ފޯރުކޮށްދޭ އުފެއްދުމެއް ކަމަށް އެސްޓީއޯއިންވަނީ ބުނެފައެވެ.

ޗައިނާގެ އުފެއްދުމެއް ކަމުގައިވާ ފިލިޕްސް އޭސީތަކަކީ ފެންވަރު ރަނގަޅު، ގިނަ ދުވަހު ގެންގުޅެވޭ އަދި އަވަހަށް ފިނިކޮށްދޭ ބޭނުން ކުރަން ފަސޭހަ އޭސީތަކެއް ކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މި އުފެއްދުން ރާއްޖެއަށް ތަޢާރަފް ކޮށްފައިވަނީ އެސްޓީއޯ ޖެނެރަލް ޓްރޭޑިންގް އިން ނެވެ.  މި ބްރޭންޑުގެ އޭސީތައް ތައާރަފް ކުރެވިގެން ދިއުމާއި އެކު، އާޢްމުންނަށް ހާއްސަ ޕްރޯމަޝަނެއް ވެސް ވަނީ ހުޅުވާލާފައެވެ. ދެ ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ހާއްސަ ޑިސްކައުންޓް އަގުތަކެއްގައި ފިލިޕްސް ބެރޭންޑުގެ އޭސީތައް ލިބޭ ކަމަށް އެސްޓީއޯއިންވަނީ ބުނެފައެވެ. އެގޮތުން ފިލިޕްސް އޭސީތަކުގެ 9،000 ބީޓީޔީ، 12،000 ބީޓީޔޫ، 18،000 ބީޓީޔޫ އަދި 24،000 ބީޓީޔޫގެ އޭސީ ތަކުން ޑިސްކައުންޓް ލިބިގެންދާނޭ ކަމަށް ވެސް ބުނެފައިވެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 28 ޖޫން 2026 އިން 11 ޖުލައި 2026 ގެ ނިޔަލަށެވެ. ފިލިޕްސް ބެރޭންޑް އޭސީތަކުގެ ހުރިހާ އުފެއްދުންތައްވެސް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާއިން ލިބެން ހުންނާނޭ ކަމަށް ވެސް އެކުންފުނީން ވަނީ ބުނެފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *