އެޗު.އައި.އޭ ބޭނުންނުކޮށް ބޭއްވުމަކީ ތަރައްގީއަށް އަޅާ ހުރަހެއް: ފައްޔާޒު

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ބޭނުންނުކޮށް ބޭއްވުމަކީ މި ސަރުކާރުން އުތުރުގެ ތަރައްގީއަށް އަޅަމުންދާ ހުރަހެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ލޮޖިސްޓިކްސް އަދި ރިއަލް އެސްޓޭޓް ފަދަ އިގުތިސާދީ ދާއިރާތައް ފުޅާކުރުމަށް އެ އެއާޕޯޓަށް އިންޓަރނޭޝަނަލް ފްލައިޓުތައް ގެންނަން ޖެހޭ ކަމަށެވެ. ”އެމްޑީޕީގެ ސަރުކާރުން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކުރީ އިންޓަނޭޝަނަލް ފްލައިޓު އޮޕަރޭޓު ކުރެވޭނެ ފެންވަރަށް. […]
ވޯލްޑްކަޕް ފައިނަލް މެޗަށް ފުވައްމުލަކުގައި ޚާއްސަ ހަރަކާތެއް

މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ފައިނަލް މެޗާ ގުޅުވައިގެން ފުވައްމުލައް ސިޓީގައި ޚާއްސަ ޙަރަކާތެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މިހަރަކާތަށް އެސިޓީގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. މިފަދަ އިޖުތިމާޢީ ހަރަކާތްތައް ބޭއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މި މަސައްކަތް އެމަނިކުފާނު ވަނީ މީގެ ސާޅީސްއަހަރު ކުރީން ފަށްޓަވައިފައެވެ. […]
މަސްތުވާތަކެތީގެ ޚިދުމަތްދޭ ގެއެއް ނުވަދިހަ ދުވަހަށް ބަންދު

އައްޑޫ ސިޓީ ހިތަދޫ ”މައިލޯސިޓީ“ ގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުން ގެންދާތީ އެ ގެ ބަންދުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރުމާއެކު އެގެ 90 ދުވަހަށް ބަންދު ކޮށްފިއ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މި އަމުރު ނެރެފައިވަނީ 2026 ޖުލައި 1 ވަނަ ދުވަހު ކަމަށެވެ. އަމުރުގައި ބުނެފައިވަނީ ޖުލައި 1 އިން ފެށިގެން 90 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ […]
މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކ.ތުލުސްދޫ، ވައިޓްރޯސް ، މުޙައްމަދު ޙަމްދާން (40އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހު 30 ވަނަ ދުވަހުއެވެ. ހައްޔަރު ކޮށްފައިވަނީ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 24 ރަބަރު ޕެކެޓު ފެނުމާ ގުޅިގެންނެވެ. އެތަކެތީގެ ވަގުތީ […]
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އިފްތިތާހު ކޮށްފި

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، އިފްތިތާހު ކުރުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. މި އެކްސްޕޯ އަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިންތިޒާމު ކޮށްގެން މި ހިނގާ ޖުލައި މަހުގެ 2 އިން 4 އަށް ހުޅުމާލޭ […]
ސުކޫކް ދެއްކުމަކީ އިތުބާރު ބޮޑުވުމަށް މަގުފަހިވި ކަމެއް: ޒަރީރު

ދައުލަތުން ދޫކޮށްފައިވާ ސޮވެރިން ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމަކީ، އިންވެސްޓަރުންނާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖެއަށް ކުރާ އިތުބާރު ބޮޑުވުމަށް މަގުފަހިވި ކަމެއް ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މަރުކަޒީ ބޭންކު، އެމް.އެމް.އޭ އިން އިންތިޒާމުކޮށްގެން އަލަށް ތަޢާރަފުކުރި ”މޯލްޑިވްސް ފައިނޭންޝިއަލް ސެކްޓަރ އެވޯޑްސް“ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފްލާގައި އެމަނިކުފާނު ވިދާޅުވީ ސުކޫކް އަނބުރާ ދެއްކުނީ ދުރާލައި ރޭވުނު މާލީ ރޭވުންތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮތް […]
ރާއްޖެއިން ފަލަސްތީނަށް ފަންސާސް ހާސް ޑޮލަރު ހަދިޔަކުރަނީ

ރާއްޖެއިން ފަލަސްތީނަށް ފަންސާސް ހާސް ޑޮލަރު ހަދިޔަކުރަން ހަމަޖެހިފައިވާ ކަމަށް ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ އަލީ ނަސީރު މުހައްމަދު ވިދާޅުވެއްޖެއެވެ. ދާއިމީ މަންދޫބު މިކަން ހާމަކުރެއްވީ އ.ދ.ގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި ’އަންރުވާ ޕްލެޖިންގް ކޮންފަރަންސް‘ ގައެވެ. އެފައިސާ ފަލަސްތީނަށް ހަދިޔާ ކުރައްވާނީ އަންރުވާ މެދުވެރިކޮށް ކަމަށް ވެސް ވިދާޅުވިއެވެ. ޑރ. ޢަލީ ނަސީރު ވިދާޅުވީ އަންރުވާއަށް އެހީ ފޯރުކޮށްދިނުމަކީ ހަމައެކަނި މަލީ ނިންމުމެއް ނޫންކަމަށެވެ. އެއީ އިންސާނީ […]
މިނިސްޓަރުގެ އިންޒާރު: ރާއްޖޭގެ ތިމާވެށި ވަނީ ނާޒުކު ހާލަތެއްގައި

ދިވެހިރާއްޖޭގެ ތިމާވެށި ވަނީ ނާޒުކު ހާލަތެއްގައި ކަމަށް ތިމާވެށްޓާބެހޭ މިނިސްޓަރ އަލީ ޝަރީފް ވިދާޅުވެއްޖެއެވެ. މިހާލަތަށް ތިމާވެށި ދިޔައީ މިންވަރަށްވުރެ އިތުރަށް މަސްވެރިކަން ކުރުމާއި، ގާ ހުދުވުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ސަބަބުން ރާއްޖޭގެ ފަރުތަކަށް ލިބޭ ގެއްލުންތައް އިތުރުވެ ތިމާވެށި ނާޒުކު ފައްތަރެއްގައިވާ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ތަރައްޤީގެ ބޭނުންތަކާއި ދިގު މުއްދަތުގެ ދެމެހެއްޓެނިވި އަމާޒުތަކާ ދެމެދު ހަމަހަމަކަން ގާއިމުކުރުމަށްޓަކައި، ބައިނަލްއަޤްވާމީ ވަރުގަދަ ޕާޓްނަރޝިޕްތަކާއި، މެދުނުކެނޑި ލިބޭ އެހީތެރިކަން […]
