ދިވެހި އަސްކަރީ އެވޭލާ ތާރީޚު-3

ދިވެހީންގެ ރަސްކަމާއި ދިވެހީންގެ ލަޝްކަރު ދިވެހީންނާއި ދިވެހިރާއްޖޭގެ ސަރަޙައްދާ އެކު ދިވެހި ދައުލަތް ދިފާޢުކޮށް ރައްކާތެރިކޮށް ބެލެހެއްޓުމަށް ދިވެހި ކާބަފައިން ލަޝްކަރެއް އުފައްދައި ދަމަހައްޓާފައިވަނީ ހަރުދަނާ އުސޫލުތަކަކާއި ނިޒާމުތަކާއި އަސްކަރީ ފަލްސަފާއެއްގެ މަތީގައެވެ. ދިވެހި ލަޝްކަރުން ހަނގުރާމައިގެ ޢަމަލީ މައިދާންތަކުގައި ކާމިޔާބާއި ނަޞްރާއި ފަތަޙަ ހޯދާފައިވަނީ ތަބާވަމުން ދިޔަ ވަރުގަދަ ނިޒާމަކާއި ދެމެހެއްޓި ހަރުދަނާ އިންތިޒާމުތަކާ އެކުގައެވެ. ދިވެހި އަސްކަރީ ފަލްސަފާ ބިނާވެފައި އޮތީ ހަނގުރާމައާއި، އަސްކަރީ ބާރުގެ ބޭނުންކުރުމާއި، ލަޝްކަރާއި ދިވެހި ރަސްކަމާ އޮތް ގުޅުމުގެ […]
ދިވެހި އަސްކަރީ އެވޭލާ ތާރީޚު-2

ދިވެހިރާއްޖެ އިސްލާމްވީ ދުވަސްވަރު އޮތް އަސްކަރީ ނިޒާމު ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމުގައި ކަނޑައެޅުމަކީ ދިވެހިރާއްޖެއަށް އައި ވަރަށް ބޮޑު ބަދަލެކެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ އެންމެ މުހިންމު ހާދިސާއެވެ. ސިރީ ތްރިބުވަނަ އާދިއްތަ މަހާރަދުން އިސްލާމްދީން ޤަބޫލުފުޅު ކުރައްވައި ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމްދީނަށް އެނބުރުމަށް އަމުރުކުރެއްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރުމަހުގެ ކުރީކޮޅުގެ ދުވަހެއްގައެވެ. އެއީ މީލާދުން 1153 ވަނަ އަހަރެވެ. ދިވެހިރާއްޖެ އިސްލާމްވީ ދުވަހެއްކަމުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރުމަހުގެ 2 […]
އުތުރަށް ހުދުސަމާލު ނެރެފި

ވަޔާއި ކަނޑުތައް ގަދަވާނޭ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ހުދުސަމާލު ނެރެފިއެވެ. މެޓު އޮފީހުން އިތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 5:00 އިން މިރޭ 11:00 އާ ހަމައަށެވެ. މެޓު އޮފީހުން ބުނެފައިވަނީ މިވަގުތުގައި ގަޑުއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނޭ ކަމަށެވެ. އެއާއެކު ކަނޑުތައް ވެސް ގަދަވާނޭ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.
ސަޙުޔޫނީ ރާހިބު އަމޯސް ގޮއިޓާ މަރާލައިފި!

ކުޑަކުދިންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ގެރިބަކަރި ޖަނަވާރު ހިމެނޭގޮތަށް މުސްލިމުންނާއި، ޢަރަބިން މެރުމަށާއި، އަދި ޣައްޒާ ފުނޑުފުނޑުކޮށް ބިމާ ހަމަކޮށްލުމަށް ހިތްވަރުދިން ކަމަށް ބުނާ ސަޙުޔޫނީ ރޫހާނީ އިސްވާރު، އަދި އިސް ރާހިބު އަމޯސް ގޮއިޓާ ބަނޑަށް ވަޅިހަރައި އިއްޔެ މަރާލައިފިއެވެ. ގޮއިޓާގެ މަރުގެ މައްސަލައިގައި ފުލުހުން ވަނީ ތަޙުޤީޤުތައް ފައްޓާފައެވެ. އަދި، ގޮއިޓާއަށް ވަޅިން ޙަމަލާދީ މަރާލި މައްސަލައިގައި ޝައްކު ކުރެވޭ މީހަކު އިޒުރޭލުގެ ފުލުހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ. އެ ޢަމަލު ހިންގި ކަމަށް ޝައްކު […]
މާރާމާރީ ހިންގަން އުޅޭކަމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރު ކޮށްފި

މާލާއި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރު ކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއް ހޯދައިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ މީހުން ހައްޔަރު ކޮށްފައިވަނީ ރައިވެރި ހިންގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަހައްދު ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނެއްގައެވެ. “މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 30 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 23 އަހަރުގެ ދިވެހި ފިރިހެނަކާއި 21 […]
ވިނީޝިއަސް ޖޫނިއަރ: ބްރެޒިލްގެ ޖާދޫގަރު

ވިނީޝިއަސް ޖޫނިއަރ އަކީ މިހާރު ދުނިޔޭގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ އެންމެ ހުނަރުވެރި އަދި އެންމެ ނުރައްކާތެރި އެއް ފޯވާޑެވެ. ބްރެޒިލްގެ ގައުމީ ޓީމާއި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ މި ކުޅުންތެރިޔާއަކީ އޭނާގެ ހަލުވި ދުވުމާއި، ތަފާތު ހުނަރުތަކުން މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ތަރިއެކެވެ. ޕްރޮފައިލް: ވިނީޝިއަސް ޖޫނިއަރ ފުރިހަމަ ނަން: Vinícius José Paixão de Oliveira Júnior އުފަން ތާރީޚް: 12 ޖުލައި 2000 (ސައޮ ގޮންސާލޯ, ބްރެޒިލް) ކުޅޭ މަގާމް: ވިންގާ […]
ބްރެޒިލް ޓީމުގެ އަސާސީ ހަތަރު ތަނބު: އަޒުމާއި ފޮނި އުންމީދު

މި އަހަރު ވޯލްޑް ކަޕަށް ނުކުތް ބްރެޒިލް ޓީމުގެ އެންމެ ބޮޑު ބާރަކީ ހަމަލާތަކަށް އަރާ ކުޅުންތެރިންގެ ހުނަރުވެރިކަމާއި ކުޅަދާނަކަމާއި، ހެޑް ކޯޗު ކާލޯ އަންޗެލޮޓީގެ ތަޖުރިބާކާރު އިރުޝާދުގެ ދަށުން އެކުލަވާލާފައިވާ ވަރުގަދަ ޓެކްޓިކަލް ރޭވުންތަކެވެ. ދުނިޔޭގެ ފެންވަރުގެ ވިންގަރުންނާއި، ވަރުގަދަ ޑިފެންސެއްގެ އިތުރުން މުޅި ޓީމުގެ ބެލެންސް ހިފެހެއްޓިފައި އޮތުމުން، މި ޓީމަކީ އެންމެ މަތީ ފަންތީގައި ވާދަކުރުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިވާ ސްކޮޑެކެވެ. ފުރަތަމަ 11 ފިޔަވައި ބެންޗު ވެސް އޮތީ ވަރަށް ގާބިލްކޮށެވެ. […]
