ކޯޓަށް ހާޒިރު ބާރަށު ޙަސަން ފަރީދު ހޯދަން ފަށައިފި

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހއ. ބާރަށް، ޙަސަން ފަރީދު (40އ) ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރު ކޮށްދިނުމަށް އެދި އެ ކޯޓުން ފުލުހުންނަށް އަމުރު ކޮށްފިއެވެ. ފުލުހުންނަށް މިއަމުރު ކުރެއްވީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ އޭނާ ހާޒިރުކުރެވިފައިނުވާތީ އެވެ. ޙަސަން ފަރީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންނަށް އެކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ މިހިނގާ ޖުލައި 8 ވަނަ ދުވަހުގެ 11:00 އަށް […]

ފުލުހުން ލޭ ހަދިޔާކޮށްފި

މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމެޓީއާއި، ޕޮލިސް މެޑިކަލް ސާވިސަސް ގުޅިގެން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވެފައިވަނީ މިއީ “ވޯލްޑް ޑޮނޭޝަން ޑޭ” ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގެ މަގުސަދަކީ މުޖުތަމައުގައި ލޭ ބޭނުންވެފައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ޚާއްސަ ގޮތެއްގައި ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް ފުލުހުންގެ މަގުސަދެކެވެ. އަދި މީގެ ފުލުހުންގެ މެދުގައި އިޖުތިމާއި […]

އަލުވި: ޝައިޠާނާގެ އާފަލު!

މިއަދު ގޭގޭގެ ބަދިގޭގައި، އަލުވި ނެތް ނަމަ، ޕެޓީސްއެއް، ކަޓްލަޓްސްއެއް، ފްރެންޗް ފްރައިސްއެއް، އަދި އަލުވި ރިހައެއް ނުހުންނާނެއެވެ. އެހެންކަމަށްވާނަމަ، އަހުރެމެންގެ ކެއްކުމުގެ ވައްޓަފާޅިއާއި، ރެސިޕީތަކާއި، އަދި ކެއިން ބުއިމަށް ކުރާނީ ކޮން ކަހަލަ އަސަރުތަކެއް ހެއްޔެވެ؟ ހަމަގައިމުވެސް އަލުއްވާ ނުލައި، ކާމޭޒުމަތި އަސްލު ފުރިހަމައެއް ނުވާނެއެވެ. އެނގޭހެއްޔެވެ؟ ވިލާތުގައި އަލުވި ހެއްދުމަކީ ކުށަކަށް ވެގެން ދިޔަ ދުވަސްވަރެއް ވެސް ދިޔައެވެ. އެއީ، މީލާދީން 1500 ގެ އަހަރުތަކުގައެވެ. ސްޕޭނުގެ ނެވިން، އެ ތަފާތު ތަރުކާރީ، ވިލާތަށް […]