ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ރައީސް ޔާމީން ޖަލްސައެއް ބާއްވަން އުޅުމުން ހަޖަމެއްނުވި: ޑރ. ޖަމީލް
ޚަބަރު

ރައީސް ޔާމީން ޖަލްސައެއް ބާއްވަން އުޅުމުން ހަޖަމެއްނުވި: ޑރ. ޖަމީލް

މމުހައްމަދު އަލީ17 ޑިސެމްބަރު 2025
ރައީސް ޔާމީން ސިޓިންރޫމުން ނުކުންނަވައި ރަށުތެރޭގައި ޖަލްސާއެއް ބާއްވަން އުޅުއްވުމުން ހަޖަމުގެ މައްސަލަ ދިމާވާ ކަމަށް ޕީއެންއެފްގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ. ޖަމީލް މިހެން ވިދާޅުވީ ރީސެޓު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ކަރަންޓުދޭން ސްޓެލްކޯއިން ދެކޮޅު ހެދުމުންނެވެ. ޖަމީލް ވިދާޅުވެފައިވަނީ "ފްރަންޓް އޮފީހުގެ ޖަލްސާތަކަކީ ކަމެއް ނޫންކަމަށް ބޮޓުންނާ ޖާހިލު ނުކިޔަވާ ފަލާޙާ ޝުޖާމެން ލައްވާ ބުނުވަމުންދޭ. އެކަމަކު ރ. ޔާމީނު ޖަލްސާއެއް ރަށުތެރޭ ބާއްވަން އުޅުއްވާއިރަށް ހަޖަމުގެ މައްސަލަ މުއިއްޒަށް ދިމާވޭ؟ ހާދަހާ ނުފުދޭ މީހެކޭ މުއިއްޒަކީ؟ ޔާ الله މިޖައްބާރުގެ ކިނބައިން ދިވެހި ގައުމު ސަލާމަތް ކުރައްވާފާދޭވެ،" ޖަމީލް ވިދާޅުވެފައިވެއެވެ. ޕީއެންއެފްގެ އެސްޖީ ޑރ. މަލީހު ވިދާޅުވީ ޖަލްސާ ބާއްވަން ހަމަޖެހިފައިވާ ސަރަހައްދަށް ކަރަންޓު ނުދިނަސް ފުޅި ބައްތި ޖަހައިގެންވެސް ޖަލްސާ ބާއްވާނޭ ކަމަށެވެ. އެޕާޓީގެ ރަޖިސްޓްރާ އަލީ ޝިޔާން ވިދާޅުވީ މުޅިރާއްޖެއަށް 24 ގަޑިއިރު ކަރަންޓު ޔަގީން ކޮށްދެއްވީ ރައީސް ޔާމީން ކަމަށެވެ. އެހެންކަމުން މިރޭގެ "ރީސެޓު" ކުރިއަށްދާނޭ ކަމަށެވެ.

ގުޅުންހުރި ޚަބަރު