ފޮޓޯ
ޚަބަރު
ރައްޔިތުން ކުށްވެރިވާ ގޮތަށް ކޯޓުން ނެރުނު އަމުރަކީ ސިޔާސީ އަމުރެއް: މާލޭ މޭޔަރު
ދިވެހިރާއްޖޭގެ ނޫސްމަޖަައްލާއަކުން ތައްޔާރުކުރި ޑޮކިއުމަންޓްރީއަކާ ގުޅުވައި އެނޫހުގައި މަސަައްކަތްކުރާ މުވައްޒަފުންނަށް ޖިނާއީ ދައުވާ އުފުލުމުގެ އިތުރަށް، ޤާނޫނުއަސާސީއިން ނޫސްވެރިންނަށް ލިބިދޭ ހައްޤުގެ ދަށުން ޝާއިއު ކުރާ ލިޔުމެއް، މަޖައްލާއެއް، ފޮޓޯއެއް ނުވަތަ ވީޑިއޯއަކާއި ގުޅުވައި އެ ވާހަކައެއް ދެއްކި ކޮންމެ ރައްޔިތަކީ ކުށްވެރިވާނެ މީހެއްކަމުގައި ދިވެހި ރާއްޖޭގެ ކޯޓަކުން ކަނޑައަޅައި ނެރުނު އަމުރަކީ ބިރުދެއްކުމުގެ ބޭނުމުގައި ނެރުނު ސިޔާސީ އަމުރެއް ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާލުވެފައިވަނީ މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.
"ދިވެހިރާއްޖެ މިއަދު މިދެކޭ މިނިވަން ހިޔާލުގެ މައްޗަށް ފިކުރުކޮށް ބަސްބުނުމުގެ ހައްޤަކީ އެތައް ބަޔެއްގެ މިންނެތް މަސައްކަތުން ހޯދި އެއްޗެއް. އެހައްޤު ނިގުޅައިގަނެ މިނިޒާމު ހުދުމުހުތާރުކަމަށް ފުރޮޅިގެންދާއިރު އަޅުގަނޑުމެން މަޑަކުން ނުތިބޭނަން،" އޭނާ ވިދާޅުވެފައިވެއެވެ.
މޭޔަރު ވިދާޅުވެފައިވަނީ އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެމަތިން ޚިޔާލު ފާޅުކުރުމާއި ވާހަކަ ދެއްކުމުގެ ހައްޤަކީ ކޮންމެ ދިވެއްސަކަށް ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ޙއްގެއް ކަމަށެވެ.