ދިވެހި|English 11 ޖުލައި 2026 · 17:22
Top banner
Advertisement
އެކްސިޑެންޓަށްފަހު މަޑުނުކޮށްދިޔަ އުޅަނދެއް ހޯދުމަށް އާންމުންގެ އެހީއަށް އަދިއްޖެ އެކްސިޑެންޓުގައި ގެއްލުންވި "ލީޖަން 1" ލޯންޗު: ފޮޓޯ މެރިން
ޚަބަރު

އެކްސިޑެންޓަށްފަހު މަޑުނުކޮށްދިޔަ އުޅަނދެއް ހޯދުމަށް އާންމުންގެ އެހީއަށް އަދިއްޖެ

މި ހިނގާ ޖުލައި 9 ވަނަ ދުވަހުގެ ރޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ވަނީ އެކްސިޑެންޓުވެފައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.  

މމުހައްމަދު އަލީ11 ޖުލައި 2026

މި ހިނގާ ޖުލައި 9 ވަނަ ދުވަހުގެ ރޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ވަނީ އެކްސިޑެންޓުވެފައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.  

އެހެންނަމަވެސް އެކްސިޑެންޓަށްފަހު އަނެއް އުޅަނދުވަނީ މަޑުނުކޮށް ފިލައިފައެވެ. އެހެން ކަމުން އެ އުޅަނދު ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ. މި މަސައްކަތުގައި ފުލުހުން މިހާރުވަނީ އާންމުންގެ އެހީތެރި ކަމަށްވެސް އެދިފައެވެ.

​ "މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ." ފުލުހުން ވިދާޅުވެފައިވެއެވެ.

އެކްސިޑެންޓްގެ ތަހުގީގު ފުލުހުން މިހާރުވަނީ ފަށައިފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

 

ކަނޑުމަތީ ހާދިސާ

ގުޅުންހުރި ޚަބަރު