ދިވެހި|English 14 ޖުލައި 2026 · 14:14
Top banner
Advertisement
އިންވެސްޓަރުންގެ އިތުބާރު ގެއްލޭގޮތަށް ފާޑުކިޔައިގެން ނުވާނެ: މިނިސްޓަރ ސަޢީދު
ޚަބަރު

އިންވެސްޓަރުންގެ އިތުބާރު ގެއްލޭގޮތަށް ފާޑުކިޔައިގެން ނުވާނެ: މިނިސްޓަރ ސަޢީދު

ސިޔާސީ ޕާޓީތައް ވާންޖެހޭނީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް "ސަޕޯޓިވްވާންޖެހޭ ފަރާތްތަކަށް" ކަމަށް އިކޮނޮމިކް މިނިސްޓަރ މިއަދު ވިދާޅުވެއްޖެއެވެ.

ޟޟަމްރަތު އަހްމަދު14 ޖުލައި 2026

ދައުލަތުން ޚަރަދުކޮށްގެން ހަދާފައި ހުންނަ ސިޔާސީ ޕާޓީތައް ވާންޖެހޭނީ ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް "ސަޕޯޓިވްވާންޖެހޭ ފަރާތްތަކަށް" ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުން ފާޑުކިޔާއިރު ރާއްޖެގައި އިންވެސްޓް ނުކުރާނޭގޮތަށް ފާޑުކިޔައިގެން ނުވާނޭ ކަމަށެވެ. "އިންވެސްޓަރުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމެއްނޫން ސިޔާސީ ޕާޓީތަކުގެ އުސޫލަކަށްވާންޖެހޭނީ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ސަޢީދު މިއަދު ބޭއްވިި ނޫސްވެރިންގެ ބައްދަލުވުން

ސަޢީދު ވިދާޅުވީ ބަޔަކު ރާއްޖޭގައި އިންވެސްޓް ކުރުމަށް ބާރުއެޅުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށްވިޔަސް، ސިޔާސީ ބައެއް ޕާޓީތަކުން ގެންދަނީ އެކަމަށް އޮންނަ އިތުބާރު ގެއްލޭ ގޮތަށް ވާހަކަ ދައްކަމުން ކަމަށެވެ. އެހެންވީމާ "އިންވެސްޓަރުންނަށް އޮންނަ އިތުބާރު ގެއްލުވާލުމަށްޓަކައި އެދައްކާ ވާހަކަތައް އެބަޖެހޭ ހުއްޓާލަން. މިއީ އަޅުގަނޑުމެންގެ އެންމެންގެ ގައުމު،" މިނިސްޓަރ ވިދާޅުވިއެވެ.

"މިސާލަކަށް އެސްއީޒެޑުގެ ޕްރޮޖެކްޓެއް ކުރިއަށްދާއިރުގައި އަޅުގަނޑުމެންނަށް ސޯޝަލް މީޑިއާއިންނާއި މީޑިއާއިން އެބަފެނޭ ފެކްޗުއަލީ ރަނގަޅުނޫން ވާހަކަތައް ދެއްކޭތަން،" އެހެންވީމާ ހަގީގަތާ ޚިލާފު ދޮގުވާހަކަތައް ދެއްކުން ހުއްޓާލުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

އިކޮނޮމިކް މިނިސްޓަރ ސަޢީދު

ގުޅުންހުރި ޚަބަރު