ދިވެހި|English 14 ޖުލައި 2026 · 14:19
Top banner
Advertisement
ޚަރަދު ކުޑަކުރުމުގެ ގޮތުން މިނިވަންދުވަހުގެ ބައްދަލުވުން ނުބާއްވަން ނިންމަވައިފި
ޚަބަރު

ޚަރަދު ކުޑަކުރުމުގެ ގޮތުން މިނިވަންދުވަހުގެ ބައްދަލުވުން ނުބާއްވަން ނިންމަވައިފި

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވާ ގޮތަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މމުހައްމަދު އަލީ14 ޖުލައި 2026

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މި އަހަރުވެސް ނުބާއްވާ ގޮތަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ވިދާޅުވެފައިވަނީ މި ބައްދަލުކުރެއްވުން ނުބާއްވަން ނިންމެވީ، ދައުލަތުގެ ޚަރަދު ކުޑަކުރެއްވުމުގެ ގޮތުން ކަމަށެވެ.

މި ބައްދަލު ކުރެއްވުން ނުބޭއްވިޔަސް މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ އޮންނާނެއެވެ. ޖަލްސާ އޮންނާނީ، މިނިވަން ދުވަހުގެ ހެނދުނު 09:00 ގައި، ޒުވާނުންގެ މަރުކަޒުގެ މާލަމުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމާ މުޚާޠިބުކުރައްވާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

 

ރައީސް ޑރ. މުހައްދު މުއިއްޒު

ގުޅުންހުރި ޚަބަރު