ދިވެހި|English 29 އޮގަސްޓު 2026 · 11:56
Top banner
Advertisement
ތިން މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ޚަބަރު

ތިން މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހިރި ނިއުސްހިރި ނިއުސް14 ޖުލައި 2026

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ. ރައީސް އޮފީހުން މިކަމަށް ފުރުސަތު ހުޅުވާލެއްވީ އެބޯޑުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ތިން މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެވެ.

މި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނޭ ކަމަށް އެއޮފީހުންވަނީ ވިދާޅުވެފައެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން، ޖުލައި 29 ވާ ބުދަ ދުވަހާ ހަމައަށެވެ. މި މުއްދަތުގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޯމު ބަލައިގަންނާނެއެވެ.

 

ގުޅުންހުރި ޚަބަރު