ދިވެހި|English 15 ޖުލައި 2026 · 00:21
Top banner
Advertisement
އެމެރިކާއިން އީރާނަށްދިން ހަމަލާތަކަކީ އެއްބަސްވުމާ ޚިލުފު ހަމަލާތަކެއް: ރަޝީޔާ
ދުނިޔެ

އެމެރިކާއިން އީރާނަށްދިން ހަމަލާތަކަކީ އެއްބަސްވުމާ ޚިލުފު ހަމަލާތަކެއް: ރަޝީޔާ

އީރާނާ އެކު ދާދި ފަހުން ސޮއިކުރި އެއްބަސްވުމާ އެމެރިކާ އިން ޚިލާފުވެފައިވާ ކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

މމުހައްމަދު އަލީ14 ޖުލައި 2026

އީރާނާ އެކު ދާދި ފަހުން ސޮއިކުރި އެއްބަސްވުމާ އެމެރިކާ އިން ޚިލާފުވެފައިވާ ކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

ލަވްރޯފް ވިދާޅުވީ އީރާނާ ދެކޮޅަށް އަސްކަރީ ގޮތުން ހަމަލާ ދިނުމަކީ އިސްލާމްއާބާދުގައި ވެފައިވާ އެ އެއްބަސްވުމާ ޚިލާފު އަމަލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަމަލާތައް އަލުން ފެށުމަކީ އީރާނުގެ އިތުރުން ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނޭ ކަމެއްކަމަށެވެ.

"އީރާނަށް އަލުން ހަމަލާތައް ދޭން ފެށުމަކީ ހިތާމަހުރި ކަމެއް. ސަބަބަކީ އީރާނުގެ މަދަނީ އިންފްރާސްޓްރަކްޗަރ އާއި [ފާރިސީ] ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ގައުމުތަކުގައި ހުރި މަދަނީ މަރުކަޒުތަކަށް ގެއްލުން ލިބިފައިވާތީ، މި ހާލަތުން ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ،" ލަވްރޯފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމެރިކާއިން އަލުން އީރާނަށް ހަމަލާ ދިނުމަކުން ހަމަނުޖެހުން ނިމުމަކަށް ނާންނާނޭ ކަމަށެވެ.

އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުންތައް ތަންފީޒު ކުރެވިދާނެތޯ ސުވާލު ކުރުމުން ލަވްރޯފް ވިދާޅުވީ މިފަދަ އެއްބަސްވުމަކަށް އެމެރިކާ އަމަލު ކުރާނީ ކިހިނެއް ކަމެއް އަންދާޒާ ނުކުރެވޭ ކަމަށެވެ.

އެމެރިކާރަޝިޔާއީރާން

ގުޅުންހުރި ޚަބަރު