ދިވެހި|English 15 ނޮވެމްބަރު 2026 · 06:48
Top banner
Advertisement
ފްރާންސްގެ ކާބޯތަކެތި ފިނިކޮށް ބަހައްޓާ ނިޒާމަށް ހަމަލާދޭން އުޅޭ ވާހަކަ އީރާނުން ދޮގުކޮށްފި
ދުނިޔެ

ފްރާންސްގެ ކާބޯތަކެތި ފިނިކޮށް ބަހައްޓާ ނިޒާމަށް ހަމަލާދޭން އުޅޭ ވާހަކަ އީރާނުން ދޮގުކޮށްފި

ފްރާންސްގެ ކާބޯތަކެތި ފިނިކޮށް ބަހައްޓާފައިވާ ނިޒާމްތަކަށް އީރާނުން ސައިބަރ ހަމަލާތަކެއް ދޭން އުޅޭ ކަމަސް ފަތުރަމުންދާ އަޑުތައް އީރާނުން ދޮގުކޮށްފިއެވެ.

އއަހުމަދު މުހައްމަދު15 ނޮވެމްބަރު 2026

މިކަމާ ގުޅިގެން އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ތަރުޖަމާނު، ބްރިގޭޑިއާ ޖެނެރަލް ހުސައިން މޮހިއްބީ ދެއްވި މެސެޖެއްގައި، ވިދާޅުވީ މި ވާހަކަތަކަކީ ޒަޔަނިސްޓުން ފަތުރަމުންގެންދާ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށެވެ. މޮހިއްބީއާ ހަވާލާދީ އިރްނާ ނޫހުން ބުނެފައިވަނީ އީރާނާ ދެކޮޅަށްކުރާ މި ތުހުމަތަކީ ނުވަތަ ދައުވާއަކީ ޒަޔަނިސްޓުންގެ ނުލަފާ ރޭވުމެއް ކަމަށެވެ. އެހެންކަމުން އޮޅުވާލައިގެން ޒަޔަނިސްޓް ނިރުބަވެރި ދައުލަތުން ދީފާނޭ މިފަދަ ހަމަލާއަކަށް ޕެރިހުން ސަމާލުވެ އޮތުމަށް މޮހިއްބީ އިންޒާރު ކުރައްވާ ކަމަށް އެނޫހުން ބުނެފައިވެއެވެ.

އެމެރިކާއާއި ޒަޔަނިސްޓު ދައުލަތާ ޚިލާފަށް، އައި.އާރު.ޖީ.ސީގެ އަމާޒުތަކުގެ ތެރޭގައި އާންމު ރައްޔިތުން ނުހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ފްރާންސްގެ ފިނިކުރާ ނިޒާމްތަކަށް (ކާބޯތަކެތި ރައްކާކުރާ ނިޒާމް) ހަމަލާދޭން އުޅޭކަމަށް ފަތުރާ ކެހިވެރި ވާހަކަތަކަކީ އީރާނާމެދު މީހުންގެ ހިތުގައި ބިރުވެރިކަން އުފައްދައި ޔޫރަޕްގެ ތާއީދު ހޯދުމަށް ޒަޔަނިސްޓުން ބޭނުންކުރަމުންދާ ބައުވެފައިވާ އުކުޅެއް ކަމަށް މޮހިއްބީ ވިދާޅުވިއެވެ.

 

ގުޅުންހުރި ޚަބަރު