ތެހެރާން، އިރްނާ – ހަނގުރާމައިގެ ވައްޓަފާޅިއާއި އުސޫލުތަކަށް އަންނަމުންދާ ބަދަލުތަކާ އެއްގޮތަށް އިރާނުގެ ދިފާޢީ ރޭވުންތެރިކަން ބަދަލުވަމުންދާ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ބްރިގޭޑިއަަރ ޖެނެރަލް ރިޒާ ތަލާއީ-ނިކް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ މި ބަދަލުރައް ގެންނަމުންދާއިރު ފަހަކަށް އައިސް ކުރިމަތިވާ "ހައިބްރިޑް" ހަނގުރާމަތައް ކުރީގެ ހަނގުރާމަތަކާ ބޮޑުތަނުން ތަފާތު ކަމަށެވެ.
އިސްލާމިކް ޕްރޮޕެގޭޝަން ކޯޑިނޭޝަން ކައުންސިލްގެ ބައްދަލުވުމެއްގައި ބުދަ ދުވަހު ވާހަކަފުޅު ދައްކަވަމުން ތަލާއީ-ނިކް ވިދާޅުވީ، 40 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ހަތިޔާރުއެޅި އިރާނުގެ ސިފައިން އެ ގައުމުގެ ދިފާޢީ ގާބިލުކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.
ގައުމުގެ ސްޓްރެޓެޖިކް އޮނިގަނޑުތަކާއި ޝަހީދުވެފައިވާ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ ހިތްވަރުން ހިތްވަރު ލިބިގަނެ ހަނގުރާމައިގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ދުޝަމަނުންނަށް ވަރުގަދަ ރައްދު ދިނުމުގެ ގާބިލްކަން އީރާން ސިފައިންނަށް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިރާން ބާރުގަދަވުމުގެ މައިގަނޑު ހަތަރު އަސާސެއް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެއީ ލީޑަރޝިޕާއި، ގައުމީ އެއްބައިވަންތަކަމާއި، ހަތިޔާރުއެޅި ސިފައިންގެ ގާބިލުކަމުގެ އިތުރުން އިސްލާމީ ޖުމްހޫރިއްޔާގެ ނިޒާމު ހިނގަމުންދާ ގޮތެވެ.
އޭނާ އިތުރަށް ވިދާޅުވީ، ދާއިމީ ގޮތެއްގައި އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި އޮތުމާއި، އަމިއްލަ ގައުމުގެ ގާބިލުކަމަށް ބަރޯސާވުމާއި، ސްޓްރެޓެޖިކް ޓެކްނޮލޮޖީތައް ތަރައްގީކުރުމުގެ އިތުރުން ގައުމީ ދިފާޢީ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަން މި ހަނގުރާމައިން ހާމަވެގެން ހިނގައްޖެ ކަމަށެވެ.
ހަނގުރާމައިގެ ތެރޭގައި ގައުމަށް ލިބުނު ސާބިތުކަމާއި ކެތްތެރިކަމުގެ އެންމެ މުހިންމު ބަހާތަކަކީ އިރާނު ސިފައިންގެ ކިބައިގައި ހުރި ގައުމާއި ދީނަށްޓަކައި ގުރުބާންވުމުގެ ރޫހާއި، އީމާންތެރިކަމާއި، އަދި އައު އީޖާދީ ވިސްނުން ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.





