ޔަމަނުގެ އަލް ބައިދާ ޕްރޮވިންސްގައި ހަރަކާތްތެރިވަމުންދިޔަ ސައުދީ އަރަބިއްޔާގެ "ވިންގް ލޫންގް 2" ގެ ޑްރޯނެއް އަތުލައިގަނެ ނައްތާލައިފި ކަމަށް ޔަމަނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
ޔަމަނުގެ އަސްކަރިއްޔާގެ ތަރުޖަމާން ޔަހްޔާ ސާރީ ވިދާޅުވީ އެގައުމުގެ ސިޔާދަތަށް އަރައިގަތުމަށް ފޮނުވާލާ ކޮންމެ ހަމަލާއަކަށް ރައްދު ދިނުމަށް އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އެގޮތުން ސަޢުދީގެ ޑްރޯން ވެސް ވައްޓާލީ އެކަށީގެންވާ ހަތިޔާރެއް ބޭނުންކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ޔަމަނާއި ސަޢުދީއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ސައުދިއަރަބިއްޔާއިން ވަނީ ސަނާ އެއާޕޯޓަށް ހަމަލާ ދީފައެވެ. ބަދަލުގައި ޔަމަނުގެ އަސްކަރިއްޔާއިން ވަނީ ސައުދީ އަރަބިއްޔާގެ އަބާ އެއާޕޯޓަށް ހަމަލާ ދީފަ އެވެ.





