ދިވެހި|English 16 ޖުލައި 2026 · 00:34
Top banner
Advertisement
އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ހަތްދިހަހާހުން މަތިވެއްޖެ
ދުނިޔެ

އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ހަތްދިހަހާހުން މަތިވެއްޖެ

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ހަތްދިހަހާހުން މަތިވެއްޖެ ކަމަށް އިރުނާ ނޫހުން ބުނެއެވެ.

ޟޟަމްރަތު އަހްމަދު15 ޖުލައި 2026

އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު ހަތްދިހަ ހާހަށްވުރެ އިތުރުވެއްޖެއެވެ. އިރުނާ ނޫހުން ބުނެފައިވަނީ އެންމެފަހުން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 14 މީހަކު ޝަހީދުވެފައިވާ ކަމަށެވެ، އެއާއެކު ޣައްޒާއިން ޝަހީދުވި މީހުންގެ ޢަދަދު ވަނީ 73،246 އަށް އަރައިފައި ކަމަށް އެނޫހުން ވަނީ ބުނެފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު ވެސް އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 14 މީހަކު ޝަހީދުވެ 18 މީހަކު ޒަޚަމްވެފައިވާ ކަމަށެވެ.

2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު އިޒްރޭލުން ދިން ހަމަލާތަކުގައި މިހާތަނަށް 1،123 މީހުން މަރުވެ 3،616 މީހުން ޒަޚަމްވެފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި 800 ޝަހީދުންގެ ހަށިތައް ވަނީ ބިންގަނޑުގެ ދަށުން ފެނިފައެވެ.

މެދުއިރުމަތިޣައްޒާ

ގުޅުންހުރި ޚަބަރު