ދިވެހި|English 16 ޖުލައި 2026 · 01:22
Top banner
Advertisement
އަލަތު ކައިވެނީގެ ޕާޓީ ހިލޭ ބާއްވާނެ ޖާގަ ހަމަޖައްސައިދެނީ
ޚަބަރު

އަލަތު ކައިވެނީގެ ޕާޓީ ހިލޭ ބާއްވާނެ ޖާގަ ހަމަޖައްސައިދެނީ

އަލަތު ކައިވެނީގެ ވަލީމާ ހިލޭ ބޭއްވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން މުހިންމު މަޝްވަރާތަކެއް ކޮށްފި ކަމަށް އެކައުންސިލުން ބުނެފިއެވެ.

މމުހައްމަދު އަލީ15 ޖުލައި 2026

އަލަތު ކައިވެނީގެ ވަލީމާ ހިލޭ ބޭއްވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން މުހިންމު މަޝްވަރާތަކެއް ކޮށްފި ކަމަށް އެކައުންސިލުން ބުނެފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ ބުދަ ދުވަހު ބޭއްވި، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ ޢާންމު ޖަލްސާގައި ކަމަށް ސިޓީކައުންސިލުން ހާމަކުރައްވާފައިވެއެވެ.

މި ކަމަކީ މޭޔަރ އާދަމް ޢާޒިމްގެ ވަޢުދުފުޅެކެވެ. އެހެންކަމުން ވީހައި ވެސް އަވަހަށް މި ކަން ނިންމަން ބޭނުންފުޅުވާކަމަށް ކައުންސިލަރު ލަބާން ޝަރީފް ވިދާޅުވިއެވެ. "މި ކަމުގައި ވީހައި ވެސް އަވަހަށް، އުސޫލެއް ހަމަޖައްސައި، ޒުވާނުންނަށް މި ފުރުސަތު ލިބޭނެ މަގެއް ފަހިވުމަކީ، އަޅުގަނޑުމެން ބޭނުންވާ ގޮތް،" ލަބާން ވިދާޅުވި ކަމަށް ސިޓީކައުންސިލުން ބުނެފައިވެއެވެ.

ލަބާންގެ ވާހަކައަށް ތާއީދު ކުރައްވަމުން، ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަޙުމަދު ޣާލިބު ވިދާޅުވީ، ޒުވާނުންނަށް ކޮށްދެވޭ ކޮންމެކަމަކަށް، މުޅި ކައުންސިލްގެ އެއްބާރުލުން އޮންނާނެ ކަމަށެވެ. މި ފުރުޞަތުގެ މަޤުޞަދަކީ ކައިވެނިކުރާ ޒުވާނުންނަށް މާލީ ގޮތުން ލުއިތަކެއް ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

މޭޔަރ އާދަމް ޢާޒިމްވަނީ، މި މައްސަލަ އިތުރަށް ދިރާސާކުރުމަށް، ފައިނޭންޝަލް ބަޖެޓް ކޮމިޓީއަށް ފޮނުއްވާފައެވެ. އެއީ މި ކަމަކީ ބަޖެޓާ ގުޅުންހުރި ކަމަކަށް ވާތީ ކަމަށް ކައުންސިލުން ވިދާޅުވިއެވެ. މީގެ އިތުރުން ސޯޝަލް ސާވިސް އެންޑް ޖެންޑާ އެންޑް ކޮމިއުނިޓީ ފޭސް ކޮމިޓީ ގުޅިގެން، ދެ ފަރާތުން ވާހަކަދައްކައިގެން ގޮތެއް ނިންމުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މައްސަލައިގައި ގޮތެއް ނިންމުމަށް ޓަކައި، ކައުންސިލްގެ ދެން އޮންނަ ޖަލްސާއަކަށް މިކަން ތާވަލުކުރުމަށް ވެސް ވަނީ ނިންމާފައި ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ގުޅުންހުރި ޚަބަރު