ދިވެހި|English 16 ޖުލައި 2026 · 01:23
Top banner
Advertisement
މާލޭ ސިޓީ ކައުންސިލުގެ ބިދޭސީ މުވައްޒަފުންނާއި ޖަމާއަތްތެރީންނަށް ވެކްސިން ދީފި މުވައްޒަފުންނަށް ވެކްސިން ދިނުމުގެ ހަރަކާތް ކުރިއަށްދަނީ/ފޮޓޯ މާލޭސިޓީކައުންސިލް
ޚަބަރު

މާލޭ ސިޓީ ކައުންސިލުގެ ބިދޭސީ މުވައްޒަފުންނާއި ޖަމާއަތްތެރީންނަށް ވެކްސިން ދީފި

މމުހައްމަދު އަލީ16 ޖުލައި 2026

މާލެ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނާއި ޖަމާއަތްތެރިންނަށް މީސަލްސް އެންޑް ރުބެއްލާ ވެކްސިން ޖެހުމުގެ ހަރަކާތެއް ބާއްވައިފިއެވެ. އިއްޔެ ކުރިއަށް ގެންދިޔަ މިހަރަކާތަކީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ސިޓީކައުންސިލުން ވަނީ ބުނެފައެވެ.

އިއްޔެ ހެނދުނު މާލެ ސިޓީ ހޯލުގައި ކުރިއަށްދިޔަ މި ޕްރޮގްރާމަކީ ކައުންސިލްގެ މުވައްޒަފުންގެ ސިއްހަތަށް ލިބިދާނެ ގެއްލުމަކަށް ބަލައި، ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެއް ކަމަށް ސިޓީކައުންސިލުން ބުނެފައިވެއެވެ.

މި ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގެ އެހީތެރިކަމާއެކުގައި ކަމަށް ވެސް ވަނީ ބުނެފައެވެ. މި ޕްރޮގްރާމް އިންތިޒާމް ކުރުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ފަރާތުން ލިބުނު އެހީތެރިކަމަށް މާލެސިޓީގެ މޭޔަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މާލެސިޓީ ކައުންސިލް

ގުޅުންހުރި ޚަބަރު