ދިވެހި|English 17 ޖުލައި 2026 · 01:22
Top banner
Advertisement
ވަގަށް ކޭބަލްތަކެއް ބުރިކުރަން އުޅެނިކޮށް ފުލުހުންގެ އަތްދުށުވެއްޖެ
ޚަބަރު

ވަގަށް ކޭބަލްތަކެއް ބުރިކުރަން އުޅެނިކޮށް ފުލުހުންގެ އަތްދުށުވެއްޖެ

ފޯނު ކޭބަލްތަކެއް ބުރިކޮށް، ވައްކަން ކުރަން އުޅުނުކަމުގެ ތުހުަމަތުގައި ހުޅުމާލޭ ފޭސް 2 އިން މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މމުހައްމަދު އަލީ16 ޖުލައި 2026

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ނަޑެއްލާ، ވެލަބުލިގޭ ޠާހިރު މުޙައްމަދު (50އ) ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މީނާ ހައްޔަރު ކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރު 13 ކައިރީގައި އޮންނަ ހުސްބިމެއްގެ ކޮށިތެރެއި މި ވައްކަންކުރަން އުޅުމުގެ ތުހުމަތުގައެވެ.

މި ޖަރީމާ ހިންގަން މީނާ އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މި ހިނގާ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ 12:32 ހާއިރު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މި ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް އޭނާ ހައްޔަރުކޮށްފައިވަނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޭބަލްތަކަކާ ވެެސް އެކުގައި ކަމަށް ފުލުހުން ވަނީ ހާމަ ކުރައްވާފައެވެ. އޭނާ ހައްޔަރުކުރި އިރު، ބުރިކޮށްފައިވާ ބައެއް ނަރުތައް ގޯންޏަކަށް އަޅާފައި ހުއްޓާ ފެނިފައިވޭ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

މި މައްސަލާގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
 މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ވައްކަން

ގުޅުންހުރި ޚަބަރު