އީރާނަކީ އެތައް ހާސް އަހަރެއް ވެފައިވާ ތަހުޒީބީ ގައުމެއްކަމަށާއި ކޮންމެ ހަނގުރާމައެއްވެސް އީރާނުން ކާމިޔާބު ކުރާނޭ ކަމަށް ރަޝިޔާގެ ޢިލްމުވެރިއަކު ވިދާޅުވެއްޖެއެވެ.
ރަޝިއަން އެކަޑަމީ އޮފް ސައިންސަސް (އައިއޯއެސް އާރްއޭއެސް) ގެ އިންސްޓިޓިއުޓް އޮފް އޮރިއެންޓަލް ސްޓަޑީޒްގެ ވެރިޔާ އަލިކްބަރް އަލިކްބެރޯވް މިހެން ވިދާޅުވީ އީރާނުގެ މިނާބް ސްކޫލަށް އެމެރިކާ-އިސްރާއީލް ގުޅިގެން ދިން ހަމަލާގައި ޝަހީދުވި ދަރިވަރުންގެ ހަނދާނުގައި ބޭއްވި ކުރެހުމުގެ މައުރަޒެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
އަލިކްބަރް އަލިކްބެރޯވް ވަނީ އީރާނާ ދެކޮޅަށް އެމެރިކާ ސިފައިން ދެމުންގެންދާ ހަމަލާތައް ކުށްވެރި ކުރައްވައިފައެވެ.
އެމެރިކާއާއި އިސްރާއީލް ގުޅިގެން އިރާނުގެ މިނާބް ސްކޫލަށް ދިން ހަމަލާގައި އެތައް ކުދިންނާއި ޓީޗަރުން ވަނީ ޝަހީދުވެފައެވެ. މި ފިނޑި އަމަލު ވެސް ރަޝިއާގެ އިލްމުވެރިޔާ ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުޑަކުދިން ޞުލްޙަވެރިކަމާއެކު ދިރިއުޅުމުގެ ޙައްގު ކަށަވަރުވެފައި އޮންނަންޖެހޭ ކަމަށެވެ. އޭނާ އެދެނީ އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އީރާނަށް ކާމިޔާބު ލިބުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.





