ދިވެހި|English 17 ޖުލައި 2026 · 05:36
Top banner
Advertisement
އިޒްރޭލު މީޑިއާއިން ގަތަރާ ބެހޭގޮތުން ފަތުރަނީ ދޮގުވާހަކައެއް: ގަތަރު
ދުނިޔެ

އިޒްރޭލު މީޑިއާއިން ގަތަރާ ބެހޭގޮތުން ފަތުރަނީ ދޮގުވާހަކައެއް: ގަތަރު

އިޒްރޭލު މީޑިއާއިންފަތުރަނީ ދޮގުވާހަކައެއް ކަމަށް ބުނެފިއެވެ.

އއަހުމަދު މުހައްމަދު17 ޖުލައި 2026

އިރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަނެއްގައި ގަތަރުން ބައިވެރިވާނޭ ކަމަށް ބުނެ އިޒްރޭލުގެ މީޑިއާއިން ފަތުރަމުންދާ ޚަބަރު ގަތަރުން ދޮގުކޮށްފިއެވެ.

ގަތަރުގެ ބައިނަލްއަގުވާމީ މީޑިއާ އޮފީހުން ބުނީ އިޒްރޭލުން މިފަދަ ދޮގުވާހަކަތަކެއް ފަތުރަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުމުގެ ތެރެއަށް ގަތަރު ވައްދަން ކަމަށެވެ. ބޭނުމަކީ ހަމަނުޖެހުންތަކުގެ ތެރެއަށް އެގައުމު ވައްޓާލައި، މީޑިއޭޝަންގައި ދޯހާގެ ދައުރު ކުޑަކޮށް، ސަރަހައްދުގެ ހަމަނުޖެހުން އިތުރަށް ގޯސްކުރުން ކަމަށް ވެސް ބުނެފައިވެއެވެ.

ހަނގުރާމަ ފެށުނީއްސުރެ ގަތަރުގެ އޮފިޝަލުން ބުނަމުން އަންނަނީ އަވަށްޓެރި ގައުމުތަކާ ދެކޮޅަށް ހިންގާ އެއްވެސް އަސްކަރީ އޮޕަރޭޝަނެއްގައި ދޯހާ އިން ބައިވެރި ނުވާނޭ ކަމަށެވެ.

 

އީރާންޤަތަރު

ގުޅުންހުރި ޚަބަރު