ދިވެހި|English 31 އޮގަސްޓު 2026 · 18:33
Top banner
Advertisement
ގެސްޓުހައުސްއެއްގައި މީހަކު ނިޔާވެފައިއޮއްވާ ފެނުނު މައްސަލައެއް ބަލަން ފަށައިފިމުޙައްމަދު ރަޒީން
ޚަބަރު

ގެސްޓުހައުސްއެއްގައި މީހަކު ނިޔާވެފައިއޮއްވާ ފެނުނު މައްސަލައެއް ބަލަން ފަށައިފި

ގެސްޓުހައުސްއެއްގައި މީހަކު ނިޔާވެފައިއޮއްވާ ފެނުނު މައްސަލައެއް ބަލަން ފަށައިފިއެވެ.

ހިރި ނިއުސްހިރި ނިއުސް17 ޖުލައި 2026

ހުޅުމާލެ ފޭސް 1 ގައި ހުންނަ ގެސްޓް ހައުސް އެއްގެ 3 ވަނަ ފަންގިފިލާގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ. ނިޔާވެފައި ވަނީ މާލެ، ސްޓަރ، މުޙައްމަދު ރަޒީން (50އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ގެސްޓުހައުސްއެއްގައި ޚަބަރު ހުސްވެފައިވާ މީހަކު އޮތްކަން ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ.

އެމީހާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ ވަނީ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ގެންދަވަނީ މި މައްސަލަ ބަލަމުންނެވެ.

ގުޅުންހުރި ޚަބަރު