ދިވެހި|English 17 ޖުލައި 2026 · 16:42
Top banner
Advertisement
އެމެރިކާއިން ހިންގަމުންދަނީ ހަނގުރާމައިގެ ޖަރީމާތަކެއް: އީރާންއާމިރު ސައީދު އިރަވާނީ
ދުނިޔެ

އެމެރިކާއިން ހިންގަމުންދަނީ ހަނގުރާމައިގެ ޖަރީމާތަކެއް: އީރާން

އެމެރިކާއިން އިރާނާދެކޮޅަށް ހިންގަމުންދާ ޖަރީމާތައް އދ.ގެ ސަމާލުކަމަށް ގެނެސްފިއެވެ.

އއަހުމަދު މުހައްމަދު17 ޖުލައި 2026

އީރާނުން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އާމިރު ސައީދު އިރަވާނީ އދ. ގެ ސެކްރެޓަރީޖެނެރަލަށް ސިޓީއެއް ފޮނުވައިފިއެވެ. މިއީ އެމެރިކާއިން އީރާނުގެ މަދަނީ ތަންތަނަށް ހަމަލާ ދެމުން ގެންދާތީ އެކަން ކުށްވެރިކޮށް ފޮނުވި ސިޓީއެކެވެ.

އެސިޓީގައި ވިދާޅުވެފައިވަނީ އެމެރިކާއިން އީރާނަށް ދޭ ހަމަލާތަކަކީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ހަމަލާތަކެއް ކަމަށެވެ.

 އދ.ގެ ސެކްރެޓަރީ ޖެނެރަލް އަދި އދ.ގެ ސަލާމަތީ މަޖިލީހުގެ ރައީސަށް ފޮނުއްވި މި ސިޓީގައި އިރަވާނީ ވިދާޅުވީ، އީރާނުގެ އިސްތިގުލާލާއި ސަރަހައްދީ މިނިވަންކަމާ ދެކޮޅަށް އެމެރިކާއިން ދަނީ އަނިޔާވެރި އަމަލުތައް ހިންގަމުން ކަމަށެވެ. އެއީ އދ.ގެ ޗާޓަރާއި ބައިނަލްއަޤުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް އީރާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ބޮޑެތި ޖަރީމާތަކެއް ކަމަށް ސިޓީގައި ވިދާޅުވެފައިވެއެވެ. ޚާއްސަކޮށް އިންސާނީ ހަގުތަކާބެހޭ ބައިނަލްއަގުވާމީ ގާނޫނާ ވެސް ޚިލާފު ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

"މި ހަމަލާތަކުގެ ސަބަބުން ބަނދަރުތަކާއި، ދަތުރުފަތުރުގެ ވިއުގަތަކާއި، މުވާސަލާތީ ވަސީލަތްތަކާއި، ލޮޖިސްޓިކްސް ހަބްތަކާއި، ރާޑަރު އިންސްޓޯލްމަންޓްތަކާއި، ކޯސްޓަލް ޑިފެންސް ސިސްޓަމްތަކާއި، އާންމުންނަށް ކޮންމެހެން ބޭނުންތެރި އެހެނިހެން އިންފްރާސްޓްރަކްޗާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ،" އޭނާގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ އދ.ގެ ޗާޓަރާއި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އެމެރިކާއިން އިޙްތިރާމް ނުކުރާކަން އެގައުމުގެ ސަރުކާރާއި، އެ ޤައުމުގެ ރައީސްގެ ބަސްމަގާއި  ޢަމަލުތަކުން ހާމަވެފައިވާ ކަމަށެވެ. އެމެރިކާއިން އީރާނުގައި ހިނގަނީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށްވާތީ އެކަން އދ.ގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެމެރިކާއިން އީރާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް ނުހުއްޓާ ކަމަށްވާނަމަ ބައިނަލްއަގުވާމީ ހުދޫދުގެ ތެރެއިން އަމިއްލަ ދިފާއުގައި އީރާނުން ވެސް މަސައްކަތްކުރާނޭ ކަމަށް އެސިޓީގައިވަނީ އދ.އަށް އަންގައިފައެވެ.

 

އެމެރިކާއީރާންހަނގުރާމަ

ގުޅުންހުރި ޚަބަރު