ދިވެހި|English 17 ޖުލައި 2026 · 16:43
Top banner
Advertisement
އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދީފިއެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ރޭ ފޮނުވާލި ބައެއް މިސައިލްތަކުގެ ފޮޓޯއެއް
ދުނިޔެ

އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދީފި

އީރާނުން އެމެރިކާގެ އަސްކަރީ ތަންތަނަށް ރައްދު ހަމަލާ ދޭން ފަށައިފިއެވެ.

ޟޟަމްރަތު އަހްމަދު17 ޖުލައި 2026

އީރާނުގެ އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރްޖީސީ) އިން ހުޅަނގު އޭޝިއާގެ އެކި ހިސާބުތަކުގައިހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭން ފަށައިފި އެވެ.

އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "އޮޕަރޭޝަން ނަސްރު-2" ގެ 11 ވަނަ ރާޅާއި 12 ވަނަ އަދި 13 ވަނަ ރާޅާއެކު އަސްކަރީ އޮޕަރޭޝަން ދުޝްމަނުންނާ ދެކޮޅަށް ފަށައިފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ސީރިއާގެ އަލް ތަންފް ސަރަހައްދުގައި ހުންނަ އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑް ސެންޓަރަށް "ސަޕްރައިޒް ސްޓްރައިކެއް" ދީ ގެއްލުން ދީފައިވާނޭ ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އައިއާރްޖީސީގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމެންޓުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އީރާނުގެ އަސްކަރިއްޔާއިން ރައްދު ދިނުމުގެ ފުރަތަމަ އޮޕަރޭޝަނުގައި ކުވައިތުގައި ހުންނަ އެމެރިކާގެ ޓެރަރިސްޓް މަރުކަޒަކަށް ވެސް ހަމަލާ ދީފައިވާނޭ ކަމަށެވެ.

އައިއާރްޖީސީން ބުނީ ސަލްމާހް ޕްލެޓޯގައި ގާއިމްކޮށްފައިވާ ނޭވީ ސަވައިލެންސް ރާޑަރާއި އޮމާންގެ ގަނާމް ސަރަހައްދުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އެއާ ސަވައިލެންސް ރާޑަރަށް ހަމަލާދީ ހަލާކުކޮށްފައިވާނޭ ކަމަށެވެ.

އެމެރިކާ އާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. ނަމަވެސް އޭގެ ސާޅީހަކަށް ދުވަސް ފަހުން އޭޕްރިލް މަހުގެ 8 ވަނަ ދުވަހު އީރާނުން ރައްދު ދިނުމުގެ ގޮތުން ދިން ވަރުގަދަ ހަމަލާތަކާއި، ހޮރްމޫޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުމުގެ ސަބަބުން ދުޝްމަނުންނަށް ހަނގުރާމަ ހުއްޓާލަން މަޖުބޫރުވިއެވެ.

ޖޫން މަހުގެ 17 ވަނަ ދުވަހު އީރާނާއި ވޮޝިންޓަން އިން ވަނީ ޕާކިސްތާނުގެ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ގައި ސޮއިކޮށްފަ އެވެ.

ނަމަވެސް އެމެރިކާ އިން ވަނީ އެ އެއްބަސްވުމާ ހިލާފުވެފައެވެ. މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ އެ އެއްބަސްވުމާ ޚިލާފުވުމުން ކުރިއަށްދާ ހަމަނުޖެހުންތަކެކެވެ.

 

އެމެރިކާއީރާންހަނގުރާމަ

ގުޅުންހުރި ޚަބަރު