ދިވެހި|English 17 ޖުލައި 2026 · 16:42
Top banner
Advertisement
މާތްﷲގެ ވާގިފުޅާއެކު ދުޝްމަނުންގެ މައްޗަށް ގަދަވެގަންނާނަން: އީރާންއީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒަކަަށް ހަމަލާއެއް ފޮނުވާލަނީ
ދުނިޔެ

މާތްﷲގެ ވާގިފުޅާއެކު ދުޝްމަނުންގެ މައްޗަށް ގަދަވެގަންނާނަން: އީރާން

އީރާނުގެ ރައްޔިތުންނަށް ހަމަލާދޭ ދުޝްމަނުންގެ މައްޗަށް ގަދަވެގަންނާނޭ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

މމުހައްމަދު އަލީ17 ޖުލައި 2026

ކުވައިތާއި ބަހްރެއިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ރޭ ފަތިހުން ހަމަލާދީފިއެވެ. މިހަމަލާ ދިނުމަށް ބޭނުން ކޮށްފައިވަނީ ޑްރޯން ކަމަށް އީރާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

މި ހަމަލާތައް ވަނީ ބަހްރެއިންގައި ހުންނަ އެމެރިކާގެ ޓެރަރިސްޓް އަސްކަރިއްޔާގެ ރިކޮނައިސަންސް މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރުތަކަށް އަމާޒު ވެފައި ކަމަށް އިރާނުން ވަނީ ބުނެފައެވެ.

މީގެއިތުރުން ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރިއްޔާގެ ސަޕޯޓް ސެންޓަރުތަކަށް ވެސް އީރާނުންވަނީ އާރާޝް ޑްރޯންތަކުން ހަމަލާ ދީފައެވެ.

އީރާނުގެ ސަލާމަތާއި މިނިވަންކަމަކީ ރަތް ލައިނެއް ކަމަށް ސިފަކޮށް އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ކުރިއަށް އޮތް ތަނުގައި ވެސް އެމެރިކާއާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނޭ ކަމަށް ބުނެފައެވެ.

އަދި ދުޝްމަނުންގެ ފަރާތުން އީރާނާއި ރައްޔިތުންނަށް ނުރައްކާވާ ކަމަށްވާނަމަ އެކަމުގެ ބަދަލެއްގެ ގޮތުގައި ވޭންހުރި އިޖާބައެއް ދޭނޭ ކަމަށްވެސް އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.

މިފަދަ ނޭދެވޭ އަމަލެއް އީރާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގައިފިނަމަ މާތްﷲއަށް އިމާންވެތިބެ އީރާނުގެ އަސްކަރިއްޔާއިން ދުޝްމަނުންގެ މައްޗަށް ގަދަވެގަންނާނޭ ކަމަށް ވެސް އީރާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

 

އެމެރިކާއީރާންހަނގުރާމަ

ގުޅުންހުރި ޚަބަރު