ދިވެހި|English 29 ޖުލައި 2026 · 01:34
Top banner
Advertisement
ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލު މީހުން އާބާދުކުރަމުންދަނީ ގާނޫނާ ޚިލާފަށް: ފަރުހާންފަރުހާން ހައްގު/ އދ. ގެ ޑެޕިޔުޓީ ސްޕޯކްސް ޕާސަން
ދުނިޔެ

ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލު މީހުން އާބާދުކުރަމުންދަނީ ގާނޫނާ ޚިލާފަށް: ފަރުހާން

ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލު މީހުން ވަޒަންވެރި ކުރުވުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ފަރްހާން ހައްގު ވިދާޅުވެއްޖެ އެވެ.

އއަހުމަދު މުހައްމަދު28 ޖުލައި 2026

ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލު މީހުން ވަޒަންވެރި ކުރުވުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް އދ.ގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ފަރްހާން ހައްގު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ހުޅަނގު އައްސޭރީގައި އިތުރުމީހުން ވަޒަންވެރިކުރަން އިޒްރޭލުން ފެށުމުންނެވެ. އެ ސަރަހައްދުގައި މީހުން ވަޒަންވެރި ކުރަމުން ގެންދަނީ ގާނޫނީގޮތުން ވެސް އެއްވެސް ބާރުވެރިކަމެއް އިޒްރޭލަށް ނެތް ތަންތާގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހައްގު ވިދާޅުވީ އިޒްރޭލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދަންޖެހޭ ކަމަށެވެ. އެކަމަށް މިހާރުވެސް މަސައްކަތް ކުރަމުންދިޔަސް، މިހާރުވެސް އޮތް އެންމެބޮޑު ބޮޑު ހުރަހަކީ ގާނޫނާ ޚިލާފަށް އެ ބިމުގައި މީހުން އާބާދުކުރުން ކަމަށް ހައްގު ވިދާޅުވިއެވެ.

އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ވަނީ ހުޅަނގު އައްސޭރީގައި ހަމަނުޖެހުންތައް އިތުރުވަމުންދާތީ އެކަމާ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ހައްގު ވިދާޅުވި ގޮތުގައި އިޒްރޭލު ސިފައިން ވަނީ ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހުރަސް އަޅާފައި ކަމަށެވެ.

2026 ވަނަ އަހަރު ފެށުނު ފަހުން އޯސީއެޗްއޭ އިން ވަނީ ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ 1،330 އަށް ވުރެ ގިނަ މީހުން ވަޒަންވެރިކޮށްފައިވާ ކަމަށް ރެކޯޑް ކޮށްފައެވެ. މި ވަޒަންވެރީންނާއި އިޒްރޭލުގެ ސިފައިން ގެންދަނީ ފަލަސްތީނުގެ ކުށެއްނެތް އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ. މިދިޔަ ހަ މަސް ތެރޭގައި އެކަނިވެސް އިޒްރޭލުންވަނީ ފަލަސްތީނުގެ 77 މީހުން ޝަހީދު ކޮށްފައެވެ. އޭގެ ތެރޭގައި 18 ކުޑަކުދިން ވެސް ހިމެނެ އެވެ.

އިޒްރޭލުގެ ނޫސްތަކުން ޖޫން 30 ވަނަ ދުވަހު ރިޕޯޓް ކުރި ގޮތުގައި ހުޅަނގު އައްސޭރީގައި އިޒްރޭލު މީހުން ވަޒަންވެރި ކުރުމަށް އަލަށް 229 ޔުނިޓު އެޅުމަށް އެގައުމުގެ ސަރުކާރުން މިހާރުވަނީ ފާސްކޮށް އެކަމަށް ރުހުންދީފައެވެ.

ގުޅުންހުރި ޚަބަރު