ދިވެހި|English 29 ޖުލައި 2026 · 01:34
Top banner
Advertisement
ފަލަސްތީނަށް ތާއިދުކުރާ މީހުން ވައިޓުހައުސް ބޭރުގައި މުޒަހާރާ ކޮށްފި
ދުނިޔެ

ފަލަސްތީނަށް ތާއިދުކުރާ މީހުން ވައިޓުހައުސް ބޭރުގައި މުޒަހާރާ ކޮށްފި

ފަލަސްތީނަށް ތާއިދުކުރާ އެމެރިކާ މީހުން ވައިޓުހައުސް ބޭރުގައި މުޒަހާރާ ކޮށްފިއެވެ.

އއަހުމަދު މުހައްމަދު28 ޖުލައި 2026

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވޮޝިންޓަން ޑީސީއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ފަލަސްތީނަށް ތާއީދު ކުރާ އެކްޓިވިސްޓުން ވައިޓް ހައުސް ބޭރުގައި އެއްވެ އިއްޔެ މުޒާހަރާ ކޮށްފި އެވެ.

މި މުޒާހަރާގައި ބައިވެރިން ވަނީ ފަލަސްތީނުގެ ދިދަތައް ވިހުރުވާލައި އެގައުމަށް ތާއިދުކުރާކަން ހާމަކޮށްފައެވެ. މީގެ އިތުރުން އެމެރިކާ-އިސްރާއީލް ގުޅިގެން އީރާނާދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ބައިވެރިން ވަނީ ގޮވާލައިފައެވެ. މީގެ އިތުރުން ނަތަންޔާހޫގެ ދަތުރުފުޅުން ވޮޝިންޓަންގެ މައްޗަށް އިސްރާއީލުގެ ކޮންޓްރޯލްއޮތް މިންވަރު ހާމަވާކަމަށް ލިޔެފައިވާ ޕޯސްޓަރުތަކާއި، ފަލަސްތީނުގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށްދޭން އެދި ގޮވާލާ ޕޯސްޓަރުތައްވެސް ވަނީ މުޒާހަރާގައި ބޭނުންކޮށްފައެވެ.

މި މުޒާހަރާ ބާއްވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނަތަންޔާހޫ ވައިޓް ހައުސްގައި ބައްދަލު ކުރެއްވުމުގެ ކުރިންނެވެ. ޓްރަމްޕާ ބައްދަލު ކުރެއްވުމަށްފަހު، ނަތަންޔާހޫ ވަނީ ފަލަސްތީނަށް ތާއީދު ކުރެއްވި އެމެރިކާގެ ރިޕަބްލިކަން ސެނެޓަރު ލިންޑްސޭ ގްރަހަމްގެ ހަނދާނުގައި ބާއްވާ ސުކޫތެއްގައި ބައިވެރިވެ ވަޑައިގެންފައެވެ.

1948 ވަނަ އަހަރު ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލު މީހުން ވަޒަންވެރި ކުރުވުމަށް އަސްކަރީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިން ކަމަށް ބުނެ އެމެރިކާގެ އެތެރެއިންނާއި ބޭރުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މިކަން ފެށުނުގޮތަށް އިޒްރޭލުން ގެންދަނީ ފަލަސްތީނު ރައްޔިތުންނަށް އެތައް އަނިޔާއެއް ދެމުންނެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ 73،500 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ގުޅުންހުރި ޚަބަރު