ދިވެހި|English 29 ޖުލައި 2026 · 02:20
Top banner
Advertisement
ދަތިކުރުމުގެ ފިޔަވަޅު އުވާލަންދެން އޮޕަރޭޝަންތައް ކުރިއަށް ގެންދާނަން: އަންސާރުﷲދާއިފަالله އަލް ޝާމީ
ދުނިޔެ

ދަތިކުރުމުގެ ފިޔަވަޅު އުވާލަންދެން އޮޕަރޭޝަންތައް ކުރިއަށް ގެންދާނަން: އަންސާރުﷲ

ޔަމަނާ ދެކޮޅަށް ސަޢުދީން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅު އުވާލަންދެން އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދާނޭ ކަމަށް ބުނެފިއެވެ.

މމުހައްމަދު އަލީ29 ޖުލައި 2026

ޔަމަނާ ދެކޮޅަށް ސަޢޫދީ ޢަރަބިއްޔާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅު ނިމުމަކަށް ގެނައުމަން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގާނޭ ކަމަށް އަންސާރުالله މޫވްމަންޓްގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރަކު ވިދާޅުވެއްޖެއެވެ.

އަންސަރަالله ޕޮލިޓިކަލް ބިއުރޯގެ މެމްބަރެއް ކަމަށްވާ ދާއިފަالله އަލް ޝާމީ "އަލް މަޔާދީން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ސަޢުދީ ޢަރަބިއްޔާ އިން ޔަމަނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުން އެކަމުން ސަލާމަތްވާން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. "އަޅުގަނޑުމެން މި އޮޕަރޭޝަން އިއުލާން ކޮށްފައި ވަނީ މި ހަމަލާ ހުއްޓުވުމަށް ކަމަށާއި މި ކުރިމަތިލުންތައް ކޮންމެ ފެންވަރަކަށް ވެސް ފުޅާ ކުރަން އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

އަލް ޝާމީ ވިދާޅުވީ ސަޢުދީން މަސައްކަތް ކުރަނީ ޔަމަނުގެ އެތައް މިލިއަން ރައްޔިތުންގެ މައްޗަށް ބާރު ހިންގަން ކަމަށެވެ. ޔަމަނުގެ އަސްކަރިއްޔާއިން  ބުނެފައިވަނީ 12 އަހަރު ވަންދެން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެންނަންދެން އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދާނޭ ކަމުގެ ޔަގީންކަން ދީފައެވެ.

ގުޅުންހުރި ޚަބަރު