ދިވެހި|English 29 ޖުލައި 2026 · 07:38
Top banner
Advertisement
އީރާނުގެ ފައިސާއިން ބަދަލު ހޯދާ އުޅަނދުފަހަރަށް ހޮރްމުޒު ކަނޑުއޮޅި ބަންދުކުރާނަން: އީރާންއީރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކްއާޓަރުގެ ތަރުޖަމާން ކާނަލް އިބްރާހީމް ޒޮލްފަގާރީ
ދުނިޔެ

އީރާނުގެ ފައިސާއިން ބަދަލު ހޯދާ އުޅަނދުފަހަރަށް ހޮރްމުޒު ކަނޑުއޮޅި ބަންދުކުރާނަން: އީރާން

އީރާނުގެ ފައިސާއިން ބަދަލު ހޯދާ އުޅަނދުފަހަރަށް ހޮރްމުޒު ކަނޑުއޮޅި ބަންދުކުރާނޭ ކަމުގެ އިންޒާރު އީރާނުންދީފިއެވެ.

މމުހައްމަދު އަލީ29 ޖުލައި 2026

އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ދާދި ފަހުން ކުރި ހަނގުރާމައިގައި ގެއްލުން ލިބުނު އުޅަނދުފަހަރަށް ބަދަލު ދޭނީ އީރާނުގެ ފައިސާއިން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން އީރާނުގެ އަސްކަރިއްޔާއިން އެއަށް ހޫނު ރައްދެއް ދީފިއެވެ.

އީރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކްއާޓަރުގެ ތަރުޖަމާން ކާނަލް އިބްރާހީމް ޒޮލްފަގާރީ ވިދާޅުވީ ބޭރު ގައުމުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާއިން ގެއްލުމުގެ ބަދަލު ހޯދާ ގައުމުތަކުގެ އުޅަނދު ފަހަރަށް ހޮރްމުޒު ކަނޑުއޮޅި ބަންދުކުރާނޭ ކަމަށެވެ.

 އޭނާ ވިދާޅުވީ ހަނގުރާމައިގެ ތެރޭގައި ގެއްލުން ލިބުނު ބޯޓުފަހަރަށް ބަދަލުދޭނެ ކަމަށް ޓްރަމްޕް އިއުލާން ކުރެއްވީ ހޮރްމޫޒް ކަނޑުއޮޅީގެ ދެކުނު މަގަށް ބޯޓުފަހަރުގެ މިސްރާބު ބަދަލު ކުރުމުން ކަމަށެވެ.

މި ނިންމުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށާއި އެކަން ތަންފީޒު ކޮށްފިނަމަ އޭގެ ނަތީޖާ ހިތިކޮށް ފެންނާނޭ ކަމުގެ އިންޒާރުވެސް އޭނާ ދެއްވި އެވެ.

ޒޮލްފަގާރީ ވިދާޅުވީ ހިފަހައްޓާފައިވާ އީރާނުގެ ފައިސާއިންދޭ ބަދަލެއް ބަލައިގަންނަ އެއްވެސް ކުންފުންޏަކަށް ނުވަތަ ގައުމެއްގެ އުޅަނދަކަށް ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރު ނުކުރެވޭނޭ ކަމަށެވެ.

 

ގުޅުންހުރި ޚަބަރު